ޢުމްރާ ޚިދުމަތް

ޢުމްރާ


މިކުންފުނިން ކުރިއަށްގެންދާ ޢުމްރާ ދަތުރުތައް އިންތިޒާމު ކުރެވިފައިވަނީ ޢުމްރާއަށް ދާން ބޭނުންވާ ފަރާތްތަކަށް ފަސޭހައިން ދަތުރު ކުރެވޭނެ ދުވަސްވަރަށް އިސްކަން ދީގެންނެވެ. މިކުންފުނިން އިންތިޒާމްކުރާ ޢުމްރާ ދަތުރުތަކަކީ ރަނގަޅު ފެންވަރުގެ ޚިދުމަތްތަކާއިއެކު ޢުމްރާވެރީންގެ މަސްލަހަތާއި ސަލާމަތާއި ރައްކާތެރިކަމަށް ޚާއްޞަ އަހައްމިއްޔަތެއް ދީގެން ކުރަމުންދާ ދަތުރުތަކެކެވެ.

އަުމްރާއަށް ރަޖިސްޓްރީ ވުމަށް

ޢުމްރާދަތުރުގެ ޕެކޭޖުގައި ހިމެނޭ ޚިދުމަތްތަކަކީ ކޮބާ؟


ދީނުގައި ކަނޑައެޅިފައިވާ ގޮތަށް ޢުމްރާގެ މަތިވެރި އަޅުކަން އަދާކުރުމުގެ ފުރިހަމަ އިންތިޒާމް ހަމަޖައްސައިދެވޭނެ

  1. ފެންވަރު ރަނގަޅު ހޮޓަލުގެ ޚިދުމަތް
    • ފެންވަރު ރަނގަޅު 4 ތަރީގެ ހޮޓަލެއްގައި ތިބުން ހަމަޖައްސައިދެވޭނެ.
    • ޖާގަ ތަނަވަސް، ސާފްތާހިރު، ހިތްފަސޭހަ ހޮޓަލެއްގައި ތިބުމުގެ އިންތިޒާމް ހަމަޖައްސައިދެވޭނެ
    • ޙާޖީންގެ ޚިދުމަތުގައި ޤާއިމް ކުރެވިފައިވާ ކައުންޓަރުން 24 ގަޑިއިރު ޚިދުމަތް ލިބޭނެ

  2. ފެންވަރު ރަނގަޅު ދިވެހި މީރު ރަހަތައް
  3. ޢުމްރާ ކިޓް:
  4. ދީނީ މަޢުލޫމާތު އަދި ދަރުސް ދިނުން.
  5. ތަމްރީނު ޕްރޮގްރާމް
  6. ޞިއްޙީ ޚިދުމަތް
  7. މަދީނާ ދަތުރު
  8. ޒިޔާރަތުގެ ދަތުރުތައް
  9. އިތުރު ޚިދުމަތްތައް

ޢުމްރާއަށް ރަޖިސްޓްރީވާނީ ކިހިނެއް؟

ޢުމްރާގެ ޚިދުމަތުގައި ރަޖިސްޓާރ ވުމަށް "ޚިދުމަތަށް އެދޭ ފޯމް" ފުރިހަމަކުރުމަށްފަހު ހުށަހަޅުމުން ރަޖިސްޓަރ ކޮށްދެވޭނެއެވެ. ރަޖިސްޓަރ ވުމަށް އެއްވެސް ފީއެއް ދައްކާކަށް ނުޖެހޭނެއެވެ

ރަޖިސްޓާރ ވުމަށް ތިރީގައިވާ ކޮންމެ ގޮތެއް ވެސް ޚިޔާރު ކުރެވިދާނެއެވެ.

  1. މިކުންފުނީގެ ކައުންޓަރއަށް ޒިޔާރަތްކޮށް ފޯމު ހުށަހަޅައިގެންނެވެ.
  2. ފަހެލި ޕޯޓަލް މެދުވެރިކޮށް
  3. އީމެއިލް ގެ ޒަރިއްޔާއިން ފޯމު ހުށަހަޅައިގެން.
ޕޯޓަލް ލިންކް

ޢުމްރާއަށް ދިއުމަށް ޖާގަ ލިބެނީ ކިހިނެއް؟

ޢުމްރާއަށް ދިއުމަށް ރަޖިސްޓާރވެ، އެ ޢުމްރާއަށް ކަނޑައެޅިފައިވާ އަގު ދެއްކުމުން އެފަރާތަކަށް ޢުމްރާ ޖާގަ ލިބޭނެއެވެ. ޢުމްރާއަށް ދިއުމަށް ކިއުގައި މަޑުކުރާކަށް ނުޖެހޭނެއެ