މުޙައްމަދު ޝަކީލް

މެނޭޖިންގ ޑިރެކްޓަރ

އަލްފާޟިލް މުޙައްމަދު ޝަކީލް ވަނީ ވިޔަފާރި ދާއިރާއިން އިނގިރޭސިވިލާތުގެ ކެމްބަރިޖް ކޮލެޖް އޮފް ބިޒްނަސްއިން މާސްޓަރސް ޑިގްރީ ޙާސިލްކުރައްވާފައެވެ.


މުޙައްމަދު ޝަކީލަކީ އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމުގެ މަޤާމު ދިގު މުއްދަތަކަށް އަދާ ކުރެއްވުމުގެ އިތުރަށް ދިވެހި ރާއްޖޭގެ އިޤްތިޞާދާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ފަރާތެކެވެ.

އަލްފާޟިލް މުޙައްމަދު ޝަކީލް ޙައްޖު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ ކަމަށް ޢައްޔަނު ކުރެވުނީ 29 ނޮވެމްބަރ 2023 ވަނަ ދުވަހުއެވެ.

އައްޝައިޚް މުޙައްމަދު ރަޝީދު އިބްރާހީމް

ޗެއަރމަން

އަލްއުސްތާޛު އަޙްމަދު މުޢާޛު މަންޞޫރު

ޑިރެކްޓަރ

އަލްއުސްތާޛް އަޙްމަދު މުއާޛު މަންޞޫރު, މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑްގެ ބޯޑުގެ ނޮންއެގްޒެކެޓިވް މެމްބަރެއްގެ ގޮތުގައި އައްޔަނުކުރެވުނީ 26 ޑިސެމްބަރ 2023 ގައެވެ. އަލްއުސްތާޛް އަޙްމަދު މުއާޛު މަންޞޫރުވަނީ ޕޯސްޓްގްރެޖުއޭޓް ޑިޕްލޮމާ އިން ޓީޗިންގ އަދި ބެޗެލަރ އޮފް އެޑިއުކޭޝަން އިން ޝަރީޢާ އިސްލާމިއްޔާ ޙާސިލްކުރައްވާފައެވެ. މީގެ އިތުރުން މި ބޭފުޅާއަކީ ދިވެހިރާއްޖޭގެ ޤާނޫނީ ވަކީލުކަން ކުރެއްވުމުގެ ހުއްދައާއި، ދިވެހިރާއްޖޭގައި ދީނީ ނަޞޭޙަތްދިނުމުގެ ހުއްދަ އަދި އިމާމްވެ، ހުކުރު ކުރުމުގެ ހުއްދަ އޮންނަ ބޭފުޅެކެވެ.


އަލްއުސްތާޛް އަޙްމަދު މުއާޛު މަންޞޫރަކީ ބިލަބޮންގް އިންޓަނޭޝަނަލް ސްކޫލުގެ އިސްލާމް ޓީޗަރެއްގެ ވަޒީފާ އަދާކުރައްވަމުން އަންނަ ބޭފުޅެކެވެ. އަލްއުސްތާޛް އަޙުމަދު މުއާޛު މަންޞޫރު އަކީ ސަރުކާރާއި އަމިއްލަ ޙައްޖު އަދި ޢުމްރާ ގްރޫޕްތަކަށް ޚިދުމަތް ފޯރުކޮށްދިނުމުގައި ގިނަ އަހަރުތަކެއްގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ.

ޔޫސުފް ޠަލާލް ޙުސައިން

ޑިރެކްޓަރ

އަލްފާޟިލް ޔޫސުފް ޠަލާލް ޙުސައިން ,މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑްގެ ބޯޑުގެ ނޮންއެގްޒެކެޓިވް މެމްބަރެއްގެ ގޮތުގައި އައްޔަނުކުރެވުނީ 26 ޑިސެމްބަރ 2023 ގައެވެ. ޔޫސުފް ޠަލާލް ޙުސައިން އަކީ ޙައްޖާއި ޢުމްރާގެ މަސައްކަތްތަކުގައި ފާހަގަކޮށްލެވޭ ފަރާތެކެވެ. ސަރުކާރާއި އަމިއްލަ ޙައްޖު އަދި ޢުމްރާ ގްރޫޕްތަކަށް ޚިދުމަތް ފޯރުކޮށްދިނުމުގައި 19 އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. ޠަލާލަކީ އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) އިން ޢަރަބި ބަހުގެ ޑިޕްލޮމާ ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ.