ސްކޫލު ބަންދާ ދިމާކޮށް ހައިސްޕީޑު ރޭލުގެ ޚިދުމަތާއެކު މިއަހަރުގެ އެޕްރީލް ޢުމްރާގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުން

22 ފެބްރުއަރީ 2024

މިއަހަރުގެ ސްކޫލުބަންދާ ދިމާކޮށް، ހައިސްޕީޑް ރޭލުގެ ޚިދުމަތާއެކު އެޕްރީލު ޢުމްރާއަށް ރެޖިސްޓްރީވުމަށް ވަނީ ހުޅުވާލެވިފައެވެ.

މައްކާއިން މަދީނާއަށް ކުރާ 06 ނުވަތަ 08 ގަޑިއިރުގެ ބަސް ދަތުރުގެ ބަދަލުގައި ހައި ސްޕީޑް ޓްރެއިންގައި 02 ގަޑިއިރު ނުވަތަ 02 ގަޑިއިރާ 20 މިނަޓުން މަދީނާއަށް ދަތުރުކުރުމުގެ ފުރުޞަތު ލިބިގެންދާ މިދަތުރުގައި 02 ޢުމްރާވުމުގެ ފުރުޞަތު ޢުމްރާވެރިންނަށް ލިބިގެންދާނެއެވެ.

ސައުދީ އެއާލައިންގެ ޑައިރެކްޓް ފްލައިޓެއްގައި ކުރެވިގެންދާ މިދަތުރުގެ ބައިވެރިންނަށް ފޯރުކޮށްދޭ އިތުރު ޚިދުމަތްތަކުގެ ތެރޭގައި:

 • ޢުމްރާ ވިސާ
 • ދަތުރުގެ ދެކޮޅު ޓިކެޓް
 • ފެންވަރު ރަނގަޅު ހޮޓެލެއްގައި ތިބިމުގެ އިންތިޒާމް
 • 24 ގަޑިއިރުގެ ކްލިނިކްގެ ޚިދުމަތް (ދިވެހި ޑޮކްޓަރުންނާއި ނަރުހުންނާއެކު)
 • ދިވެހި ކެއުން
 • ޢުމްރާ ކިޓް (ފޮށި، އަތްދަބަސް، އިޙްރާމް، ޢުމްރާ ދުޢާ ކާރޑް، ޢުމްރާ އަތްމަތީ ފޮތް، ފައިވާންލާ ކޮތަޅު، ޓޮއިލެޓްރީ ބޭގް)
 • މައްކާ އަދި މަދީނާގެ ޒިޔާރަތް ދަތުރު
 • ޢުމްރާ ޓްރެއިނިންގ
 • ޢުމްރާ ވުމުގައި އެހީތެރިކަން ފޯރުކޮށްދިނުން
  • މިކޯޕަރޭޝަންގެ ޢުމްރާ ޕެކޭޖުގެ ބޭރުން ބާޒާރު ދަތުރު، ޠާޢިފް ދަތުރު، އިތުރު ޢުމްރާ ވުމުގެ ފުރުޞަތު އަދި ޝަރުޢީ ކަތިލުންތަކުގެ ތެރޭގައި ހިމެނޭ ޢަޤީޤާ، ޢުޟްހިޔާ ކަތިލުމުގެ ފުރުޞަތުވެސް ބައިވެރިންނަށް ލިބިގެންދާނެއެވެ.

   އެޕްރީލް ޢުމްރާ ދަތުރަށް އެކޯޕަރޭޝަނުން ކަނޑައަޅާފައިވާ އަގަކީ ބޮލަކަށް 29,965.00 ރުފިޔާއެވެ. ޢުމްރާގެ ޙިދުމަތަށް ރެޖިސްޓްރީވުމަށް އެއްވެސް ފީއެއް ދައްކާކަށް ނުޖެހޭނެއެވެ. މިކޯޕަރޭޝަންގެ ކައުންޓަރަށް ދުރުވެ ފޯމު ހުށަހެޅުމުގެ އިތުރުން މިކޯޕަރޭޝަންގެ އޮންޓައިން ޕޯޓަލް (ފަހެލި) މެދުކޮށް ނުވަތަ އީމެއިލްގެ ޒަރީއާއިންވެސް ފޯމު ހުށަހެޅުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ.

   މި ޕެކޭޖާ ގުޅޭއިތުރު މަޢުލޫމާތު މިކޯޕަރޭޝަންގެ ނަންބަރު: 3011000، 7961012، 9482292 އިން ލިބިވަޑައިގަންނަވާނެއެވެ.

ބަލިމީހުންނަށް ހާއްސަ ހައްޖު ޖާގައަށް އަލުން ހުޅުވާލައިފި

19 ޑިސެންބަރ 2023

ބޮޑެތި ބަލިތަކަށް ފަރުވާ ހޯދަމުންދާ މީހުންނަށް ހާއްސަ ހައްޖު ޖާގައަށް އެދި ހުށަހެޅުމުގެ ފުރުސަތު މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޓެޑުން އަލުން ހުޅުވާލައިފި އެވެ.

1445 ވަނަ އަހަރު ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް މީހުންގެންދިއުމަށް ރާއްޖެއަށް ލިބޭ ރަސްމީ ހުރިހާ ހައްޖު ކޯޓާއަށް މީހުން ހައްޖަށް ގެންދިއުމަށް މި ކުންފުންޏާ ހަވާލުކުރާ ގޮތަށް ރައީސުލްޖުމްހޫރިއްޔާ ހަމަޖެއްސެވުމާއި ގުޅިގެން ، ފުރާނައަށް ނުރައްކާވާ ފަދަ ބޮޑެތި ބަލި ތަޙައްމަލް ކުރަމުންދާ ފަރާތްތަކުގެ ތެރެއިން ޙައްޖު ކިއޫގައިވާ ފަރާތްތަކުގެ ޖާގަ އަވަސްކޮށްދިނުމަށް އެދި ހުށަހެޅުމުގެ ފުރުސަތު ވަނީ އަލުން ހުޅުވާލާފަ އެވެ.

އެގޮތުން 1445 ވަނަ އަހަރު އެ ކުންފުންޏަށް ލިބޭ ޙައްޖު ކޯޓާގެ ފަސްއިންސައްތަ ހައްޖު ކޯޕަރޭޝަން މެދުވެރިކޮށް ހައްޖަށް ދިއުމަށް ފައިސާ ދައްކާ ހައްޖު ޖާގަ ލިސްޓަށް އަރާފައިވާ ފަރާތްތަކުގެ ތެރެއިން ފުރާނައަށް ނުރައްކާވާ ފަދަ ބޮޑެތި ބަލިތައް ތަހައްމަލުކުރަމުންދާ ފަރުޟު ހައްޖު އަދާކޮށްފައިނުވާ މީހުންނަށް ހާއްސަކުރުމަށް ވަނީ ނިންމާފަ އެވެ.

މި ފުރުސަތަށް އެދި ހުށަހެޅުމަށް ޝަރުތުހަމަވާ މީހުންގެ ތެރޭގައި ހިމެނެނީ މިދިޔަ މަހުގެ ނުވަ ވަނަ ދުވަހުގެ ނިޔަލަށް އެ ކުންފުނީގެ ހައްޖު ޖާގަ ލިސްޓްގައި ހިމެނިފައިވާ ފުރާނައަށް ނުރައްކާވާ ފަދަ ބޮޑެތި ބަލިތައް ތަހައްމަލް ކުރަމުންދާ މީހުންގެ ތެރެއިން ފަރުޟު ހައްޖު އަދާކޮށްފައިނުވާ ފަރާތްތަކެވެ. އަދި މިގޮތުން ޚާއްސަ ކުރެވޭ ޖާގައަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ މިމަހުގެ 31 ވަނަ ދުވަހުގެ މެންދުރުފަހު 2:00 އާ ހަމައަށެވެ.

ނޯޓް:ފުރާނައަށް ނުރައްކާވާ ފަދަ ބޮޑެތި ބަލި ތަޙައްމަލް ކުރަމުންދާ ފަރާތްތަކަށް ޚާއްސަ ޖާގައަށް އެދި މިދިޔަ ނޮވެމްބަރު މަހު މިކުންފުނިން ކުރި އިއުލާނަށް އިޖާބަދީ ފޯމް ހުށަހަޅާފައިވާ ފަރާތްތަކުން އަލުން ފޯމް ހުށަހަޅާކަށް ނުޖެހޭނެ އެވެ.


  ޖާގަ ހަމަޖައްސައިދިނުމަށް އެދިލައްވާ ފަރާތްތަކުން ހުށަހަޅަންޖެހޭ ލިޔުންތައް:

  1- ބޮޑެތި ބަލިތައް ތަޙައްމަލު ކުރަމުންދާ ފަރާތްތަކަށް ޚާއްސަ ޖާގައަށް އެދޭ ފޯމް (މި ފޯމް މިކުންފުނީގެ އޮފީހުގެ ވެބްސައިޓް www.mhcl.mv އިން ވެސް ލިބިވަޑައިންނަވާނެއެވެ. ފޯމް:

  2- މި އިޢުލާނާއި އެކު ޝާއިއު ކުރެވިފައިވާ ހެލްތް ސަރޓިފިކޭޝަން ފޯމް.

   3- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީއެއް.

ހުޅުމާލޭގައި އެމް.އެޗް.ސީ.އެލްގެ އޮފީސް އިމާރާތެއް ތަރައްޤީކުރުމުގެ އެއްބަސްވުމުގައި އެޗް.ޑީ.ސީއާއެކު ސޮއިކުރުން

21 ޖޫން 2022

ހުޅުމާލޭގައި އެމް.އެޗް.ސީ.އެލްގެ އޮފީސް އިމާރާތެއް ތަރައްޤީކުރުމުގެ އެއްބަސްވުމުގައި އެޗް.ޑީ.ސީއާއެކު ސޮއިކޮށްފިއެވެ. މިކުންފުނީގެ ފަރާތުން މިއެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ މެނޭޖިންގ ޑިރެކްޓަރ އިސްމާޢީލް ހަމީދު އެވެ.. މި ރަސްމިއްޔާތުގައި މިކުންފުނީގެ ޗެއަރމަން އަލްއުސްތާޛު އަބްދުﷲ ނަޞީރު މުޙައްމަދު އަދި ޗީފް އޮޕަރޭޓިންގ އޮފިސަރ ނަޖީލް އަޙްމަދު ބައިވެރިވެލެއްވިއެވެ.

1443 ވަނައަހަރުގެ ޙައްޖަށްދިއުމަށް އާއްމުންނަށް ހުޅުވާލެވޭ 100 ކޯޓާއަށް ފޯމުތައް ބަލައިގަތުން އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ކުރިއަށްދަނީ

31 މެއި 2022

1443 ވަނަ އަހަރު ޙައްޖުގެ އަޅުކަން އަދާކުރުމަށް ދިވެހިރާއްޖެއަށް ލިބިފައިވާ ކޯޓާގެ ތެރެއިން 100 ކޯޓާ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން މިކުންފުންޏަށް އަންގަވާފައިވާ ގޮތުގެ މަތިން އާންމުނަށް ކުރިމަތިލުމަށް މިހާރު ވަނީ ހުޅުވާލާފައެވެ. މިއަދުގެ 13:00 ގައި އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ފޯމުތަށް ބައިގަންނަން ވަނީ ފަށާފައެވެ. މި ހަފްތާގެ ބުރާސްފަތި ދުވަހާއިހަމައަށް ކޮންމެ ދުވަހަކު 13:00 އިން 18:00 އަށް އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުން ފޯމުތަށް ބަލައި ގަތުމަށް ވަނީ ހަމަޖެހިފައވެ. އަދި ބުރާސްފަތިދުވަހުގެ 18:00 އާއި ހަމައަށް މިކުންފުނީގެ އީމެއިލް admin@mhcl.mv މެދުވެރިކޮށްވެސް ފޯމު ހުށަހެޅޭނެވެ.

މިކޯޓާގައި ޙައްޖަށްދާނެ ފަރާތްތައް ކަނޑައެޅުމަށް ހަމަޖެހިފައިވަނީ ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުތު ފުރިހަމަވާ ފަރާތްތަކުގެމެދުގައި އާންމުކޮށް ހުޅުވާލައިގެން ނެގޭ ގުރުއަތަކުންނެވެ. މިގޮތުން ނެގޭ ގުރުއަތުގައި 100 ޖާގައަށް މީހުންނެގޭނެއެވެ. އަދި ވެއިޓިންގ ކިއޫ އެއްގެ ގޮތުގައި އިތުރު 25 ޖާގައަށް މީހުން ނެގޭނެއެވެ. މި 100 ކޯޓާގައި ހައްޖަށް ގެންދިއުމަށް ކަނޑައެޅިފައިވާ އަގަކީ 76,960.00 ރުފިޔާއެވެ. މި ކޯޓާގައި ޙައްޖަށް ދިއުމަށް ގުރުއަތުން ހޮވުނުކަން އަންގާ ތާރީޚުން ފެށިގެން ގިނަވަގެން 3 ދުވަހުގެ ތެރޭގައި ފައިސާ ދައްކަން ޖެހޭނެ އެވެ.

މިކަމާގުޅޭ އިތުރު މައުލޫމާތު 26 މޭ 2022 ގައި ގެޒެޓުކުރެވިފައި ވާނެއެވެ.

އިއުލާންގެ ލިންކް:
https://www.gazette.gov.mv/iulaan

އޮކްޓޫބަރު އުމްރާގެ ޕެކޭޖުތަށް

19 އެޕްރީލް 2022

މިކުންފުނިން ކުރިޔަށްގެންދާ އޮކްޓޫބަރު ޢުމްރާގެ ދަތުރުތަށް ބޭވުމަށް ހަމަޖެހިފައިވަނީ ގިނަފަރާތްތަކަށް ބައިވެރިވެވޭނެހެން ސްކޫލުބަންދާއި ދިމާކޮށްށެވެ. ތަޢާރަފްކޮށްފައިވާ ޕެކޭޖުތަކުގެ ތެރޭގައި 10 ދުވަހާއި 15 ދުވަހުގެ ބޭސިކް އަދި ޕްރިމިއަމް ޕެކޭޖު އިތުރުން ހަފްތާ ބަންދަށް ޙާއްޞަ 3 ދުވަހުގެ ޢުމްރާ ޕެކޭޖެއްވެސް ހިމެނެއެވެ.

ބޭސިކް ޕެކޭޖު:

މި ޕެކޭޖުގެ ދަށުން، ދަތުރުގެ ދެކޮޅު ޓިކެޓް، ޢުމްރާ ވިސާ، 4 ތަރީގެ ފެންވަރު ރަނގަޅު ހޮޓަލުގައި ހުރުމުގެ އިންތިޒާމް، ދިވެހި ރަހަތަކާއެކު ތިން އިރުގެ ކެއުން، އެތޭރޭގެ ބަސްދަތުރު، ޒިޔާރަތް ދަތުރު، މަދީނާ ދަތުރު، ޢުމްރާ ޓްރެއިނިންގ، ދީނީ ދަރުސްތައް، އަދި ދިވެހި ޑޮކްޓަރުންނާއި ނަރުހުން މެދުވެރިކޮށް ކްލިނިކްގެ ޚިދުމަތް ލިބިގެން ދާނެއެވެ. ބޭސިކް ޕެކޭޖު އިޚްތިޔާރު ކުރާ ފަރާތްތަކަށް ޕެކޭޖުގެ ބޭރުން ޖިއްދާ ދަތުރު، ބާޒާރު ދަތުރު އަދި އިތުރު ޢުމްރާއެއް ކުރުމުގެ ފުރުސަތުވެސް ލިބިގެން ދާނެއެވެ.

 • 10 ދުވަހުގެ ބޭސިކް ޕެކޭޖުގެ އަގަކީ: 25,965/-
 • 15 ދުވަހުގެ ޕްރިމިއަމް ޕެކޭޖުގެ އަގަކީ: 27,965/-
 • ވީކްއެންޑް ޕެކޭޖު:

  ހަފްތާ ބަންދާއި ދިމާކޮށް ހަދާފައިވާ 3 ދުވަހުގެ ޕެކޭޖުގެ ދަށުން، ދަތުރުގެ ދެކޮޅު ޓިކެޓް، ޢުމްރާ ވިސާ، 4 ތަރީގެ ފެންވަރު ރަނގަޅު ހޮޓަލުގައި ހުރުމުގެ އިންތިޒާމް، ދިވެހި ރަހަތަކާއެކު ތިން އިރު ކެއުން، އެތޭރޭގެ ބަސްދަތުރު، ޢުމްރާ ޓްރެއިނިންގ، ދީނީ ދަރުސްތައް، ދިވެހި ޑޮކްޓަރުންނާއި ނަރުހުން މެދުވެރިކޮށް ކްލިނިކްގެ ޚިދުމަތް، ޢުމްރާ ކިޓް (ފޮށި، ބެކްޕެކް، އުނަގަނޑުގައި އަޅުވާ ދަބަސް، ފައިވާންލާ ކޮތަޅު، ޢުމްރާ ފޮތް، ދުޢާ ކާޑު)، އިހުރާމް، ވެކްސިން (ޕޯލިއޯ، މެނިންޖައިޓިސް، އިންފުލުއެންޒާ) ހިމެއެވެ. ވީކްއެންޑް ޕެކޭޖު އިޚްތިޔާރު ކުރާ ފަރާތްތަކަށް ޕެކޭޖުގެ ބޭރުން ބާޒާރު ދަތުރު އިޚްތިޔާރު ކުރުމުގެ ފުރުސަތުވެސް ލިބިގެން ދާނެއެވެ.

 • 3 ދުވަހުގެ ވީކްއެންށް ޢުމްރާ ޕެކޭޖުގެ އަގަކީ: -/23،965
 • މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޓެޑުން ރަމަޟާން ޢުމްރާއަށް ޚާއްޞަ 6 ޕެކޭޖެއް ތައާރަފްކޮށްފި

  މިކުންފުނިން 2022 ވަނަ އަހަރުގެ ރަމަޟާން ޢުމްރާއަށް ޚާއްޞަ ޕެކޭޖުތަކެއް ތައާރަފް ކޮށްފިއެވެ.

  މި ޕެކޭޖް ތަކަކީ، ކޮވިޑް 19 އާ ގުޅިގެން ސައުދީ ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކަށް ރިއާޔަތްކޮށް ހެޔޮ އަގެއްގައި ވީހާވެސް ގިނަ ދިވެހީންނަށް ޢުމްރާގެ މަތިވެރި އަޅުކަން އަދާކުރުމުގެ ފުރުސަތު ލިބިގެންދާގޮތަށް ރަމަޟާންމަހުގެ ފަހުދިހަ ހިމެނޭހެން ތަޢާރަފް ކުރެވިފައިވާ ޕެކޭޖްތަކެކެވެ. މިގޮތުން 2022 ވަނަ އަހަރުގެ ރަމަޟާން ޢުމްރާއަށް 10 ދުވަހާއި 18 ދުވަހާއި 25 ދުވަހަށް ބޭސިކް އަދި ޕްރިމިއަމް ހިމެނޭހެން 6 ޕެކޭޖެއް ތަޢާރަފު ކޮށްފައިވެއެވެ.

  10 ދުވަހުގެ ޢުމްރާ ދަތުރު:

  10 ދުވަހުގެ މި ޢުމްރާ ޕެކޭޖު ފަރުމާކޮށްފައިވަނީ ރަމަޟާންމަހުގެ ފަހުދިހައިގެ ރޭތައް ޙަރަމްފުޅުގައި އަޅުކަމުގައި ހޭދަކޮށްލަން ބޭނުންވާ ފަރާތްތަކަށް ޚާއްޞަކޮށްގެންނެވެ.

  ބޭސިކް ޕެކޭޖް / 29,965 ރުފިޔާ

  މި ޕެކޭޖުގެ ދަށުން، ދަތުރުގެ ދެކޮޅު ޓިކެޓް، ޢުމްރާ ވިސާ، ފެންވަރު ރަނގަޅު ހޮޓަލުގައި ހުރުމުގެ އިންތިޒާމް، ދިވެހި ރަހަތަކާއެކު ތިން އިރު ކެއުން، އެތޭރޭގެ ބަސްދަތުރު، ޒިޔާރަތް ދަތުރު، ޢުމްރާ ޓްރެއިނިންގ، ދީނީ ދަރުސްތައް، އަދި ދިވެހި ޑޮކްޓަރުންނާއި ނަރުހުން މެދުވެރިކޮށް ކްލިނިކްގެ ޚިދުމަތް ލިބިގެން ދާނެއެވެ.

  ޕްރިމިއަމް ޕެކޭޖް / 31,465 ރުފިޔާ

  ބޭސިކް ޕެކޭޖްގައި ހިމެނޭ ކަންތައްތަކުގެ އިތުރަށް ޕްރިމިއަމް ޕެކޭޖްގައި ޢުމްރާ ކިޓް (ފޮށި، ބެކްޕެކް، އުނަގަނޑުގައި އަޅުވާ ދަބަސް، ފައިވާންލާ ކޮތަޅު، ޢުމްރާ ފޮތް، ދުޢާ ކާޑު)، އިހުރާމް، ވެކްސިން (ޕޯލިއޯ، މެނިންޖައިޓިސް، އިންފުލުއެންޒާ) އަދި ޕީ.ސީ.އާރު ޓެސްޓްވެސް ހިމެއެވެ.

  18 ދުވަހުގެ ޢުމްރާ ދަތުރު:

  18 ދުވަހުގެ މި ޢުމްރާ ޕެކޭޖު ފަރުމާކޮށްފައިވަނީ ރަމަޟާންމަހުގެ ފަހުދިހަ ހިމެނޭހެންނެވެ.

  ބޭސިކް ޕެކޭޖް / 35,965 ރުފިޔާ

  މި ޕެކޭޖުގެ ދަށުން، ދަތުރުގެ ދެކޮޅު ޓިކެޓް، ޢުމްރާ ވިސާ، ފެންވަރު ރަނގަޅު ހޮޓަލުގައި ހުރުމުގެ އިންތިޒާމް، ދިވެހި ރަހަތަކާއެކު ތިން އިރު ކެއުން، އެތޭރޭގެ ބަސްދަތުރު، ޒިޔާރަތް ދަތުރު، މަދީނާ ދަތުރު، ޢުމްރާ ޓްރެއިނިންގ، ދީނީ ދަރުސްތައް، އަދި ދިވެހި ޑޮކްޓަރުންނާއި ނަރުހުން މެދުވެރިކޮށް ކްލިނިކްގެ ހިދުމަތް ލިބިގެން ދާނެއެވެ. އަދި މިޕެކޭޖުގައި ހިމެނޭ ކަންކަމުގެ އިތުރަށް އެޑްއޮންސްގެ ގޮތުގައި ޖިއްދާ ދަތުރު، ބާޒާރު ދަތުރު އަދި 2 ވަނަ ޢުމްރާ ކުރުން އިޚްތިޔާރުކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

  ޕްރިމިއަމް ޕެކޭޖް / 37,965 ރުފިޔާ

  ބޭސިކް ޕެކޭޖްގައި ހިމެނޭ ކަންތައްތަކުގެ އިތުރަށް ޕްރިމިއަމް ޕެކޭޖްގައި ޢުމްރާ ކިޓް (ފޮށި، ބެކްޕެކް، އުނަގަނޑުގައި އަޅުވާ ދަބަސް، ފައިވާންލާ ކޮތަޅު، ޢުމްރާ ފޮތް، ދުޢާ ކާޑު)، އިހުރާމް، ވެކްސިން (ޕޯލިއޯ، މެނިންޖައިޓިސް، އިންފުލުއެންޒާ) ޕީ.ސީ.އާރު ޓެސްޓް އަދި 2 ޢުމްރާ ކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އަދި އެޑްއޮންސްގެ ގޮތުގައި ޖިއްދާ ދަތުރު އަދި ބާޒާރު ދަތުރު އިޚްތިޔާރުކުރެވޭނެއެވެ.

  25 ދުވަހުގެ ޢުމްރާ ދަތުރު:

  25 ދުވަހުގެ މި ޢުމްރާ ޕެކޭޖު ފަރުމާކޮށްފައިވަނީ ރަމަޟާންމަހުގެ ފަހުދިހަ އަދި ޝައްވާލު މަހުގެ ފުރަތަމަ 7 ދުވަސް ހިމެނޭހެންނެވެ.

  ބޭސިކް ޕެކޭޖް / 39,965 ރުފިޔާ

  މި ޕެކޭޖުގެ ދަށުން، ދަތުރުގެ ދެކޮޅު ޓިކެޓް، ޢުމްރާ ވިސާ، ފެންވަރު ރަނގަޅު ހޮޓަލުގައި ހުރުމުގެ އިންތިޒާމް، ދިވެހި ރަހަތަކާއެކު ތިން އިރު ކެއުން، އެތޭރޭގެ ބަސްދަތުރު، ޒިޔާރަތް ދަތުރު، މަދީނާ ދަތުރު، ޢުމްރާ ޓްރެއިނިންގ، ދީނީ ދަރުސްތައް، އަދި ދިވެހި ޑޮކްޓަރުންނާއި ނަރުހުން މެދުވެރިކޮށް ކްލިނިކްގެ ހިދުމަތް ލިބިގެން ދާނެއެވެ. އަދި މިޕެކޭޖުގައި ހިމެނޭ ކަންކަމުގެ އިތުރަށް އެޑްއޮންސްގެ ގޮތުގައި ޖިއްދާ ދަތުރު، ބާޒާރު ދަތުރު އަދި 2 ވަނަ ޢުމްރާ ކުރުން އިޚްތިޔާރުކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

  ޕްރިމިއަމް ޕެކޭޖް / 41,965 ރުފިޔާ

  ބޭސިކް ޕެކޭޖްގައި ހިމެނޭ ކަންތައްތަކުގެ އިތުރަށް ޕްރިމިއަމް ޕެކޭޖްގައި ޢުމްރާ ކިޓް (ފޮށި، ބެކްޕެކް، އުނަގަނޑުގައި އަޅުވާ ދަބަސް، ފައިވާންލާ ކޮތަޅު، ޢުމްރާ ފޮތް، ދުޢާ ކާޑު)، އިހުރާމް، ވެކްސިން (ޕޯލިއޯ، މެނިންޖައިޓިސް، އިންފުލުއެންޒާ) ޕީ.ސީ.އާރު ޓެސްޓް އަދި 2 ޢުމްރާ ކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އަދި އެޑްއޮންސްގެ ގޮތުގައި ޖިއްދާ ދަތުރު އަދި ބާޒާރު ދަތުރު އިޚްތިޔާރުކުރެވޭނެއެވެ.

  ޙައްޖު ކޯޕަރޭޝަން ލިމިޓެޑްގެ 2020 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާ ބާއްވައިފި

  26 އޮކްޓޯބަރ 2021 ވަނަ ދުވަހު 13:00 ގައި މިކުންފުނިން ވަނީ 2020 ވަނަ އަހަރުގެ އާންމު ޖަލްސާ ބާއްވާފައެވެ. މި ކުންފުނީގެ ޗެއަރމަން ޑރ. މުޙައްމަދު ކިނާނަތު ރިޔާސަތު ބެލެހެއްޓެވި މި ޖަލްސާގައި އެމް.އެޗް.ސީ.އެލްގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުންނާއި ކުންފުނީގެ ހިއްސާދާރުގެ ފަރާތުން މިނސްޓްރީ އޮފް ފިނޭންސްގެ ސީނިއަރ ޕޮލިސީ ޑިރެކްޓަރ އަލްފާޟިލާ މަރްޔަމް މަނާރަތް މުނީރު ވަނީ ބައިވެރިވެވަޑައިގެންނެވިއެވެ.

  މި ޖަލްސާގައި ކުންފުނީގެ 2019 ވަނަ އަހަރުގެ އަހަރީ ޖަލްސާގެ ޔައުމިއްޔާ ފާސްކުރުމުގެ އިތުރުން 2020 ވަނައަހަރުގެ އަހަރީ ރިޕޯޓާއި މާލީ ހިސާބުތަށް ހުށަހަޅައި ފާސްކުރެވުނެވެ. އަހަރުގެ އަހަރީ ރިޕޯޓް ހުށަހަޅައިދެއްވީ ކުންފުނީގެ މެނޭޖިންގ ޑިރެކްޓާރ އަލްފާޟިލް އިސްމާޢީލް ޙަމީދެއެވެ. އަހަރީ ރިޕޯޓުގައި 2020 ވަނަ އަހަރު ކުންފުނީގެ މަސައްކަތްތައް ހިނގައިދިޔަ ގޮތާއި، ހާސިލްކުރެވިފައިވާ ލަނޑުދަނޑި ތަކާއި، ކުރިމަގުގައި ހާސިލްކުރުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑިތަކުގެ މައްޗަށް ވަނީ އަލިއަޅުވާލާފައެވެ.

  މީގެ އިތުރުން ހިނގަމުންމިދާ އަހަރުގެ ކުންފުނީގެ މާލީ ހިސާބުތައް އޮޑިޓްކުރާނެ އޮޑިޓަރަކު ކަނޑައެޅުނެވެ. އަދި ހިއްސާދާރުގެ ފަރާތުން ވާހަކަފުޅު ދެއްކެވުން އޮތެެވެ. ހިއްސާދާރުގެ ވާހަކަފުޅުގައި 2020 ވަނައަހަރުން ފެށިގެން މުޅިދުނިޔެ ތަހައްމަލުކުރަމުންދާ ކޮވިޑްގެ ދަތި ހާލަތުގައިވެސް ކުންފުނީގެ ކުރިއެރުމަށް ގިނަ މަސައްކަތްތަކެެއްކުރެވިފައިވާތީ އެކަން ފާހަގަކުރެއްވިއެވެ.

  އެމް.އެޗް.ސީ.އެލްގެ ޙައްޖު ޓްރެއިނިންގ އިފްތިތާހުކުރުން

  26 އޮކްޓޯބަރ 2021 ވަނަ ދުވަހު 13:00 ގައި މިކުންފުނިން ވަނީ 2020 ވަނަ އަހަރުގެ އާންމު ޖަލްސާ ބާއްވާފައެވެ. މި ކުންފުނީގެ ޗެއަރމަން ޑރ. މުޙައްމަދު ކިނާނަތު ރިޔާސަތު ބެލެހެއްޓެވި މި ޖަލްސާގައި އެމް.އެޗް.ސީ.އެލްގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުންނާއި ކުންފުނީގެ ހިއްސާދާރުގެ ފަރާތުން މިނސްޓްރީ އޮފް ފިނޭންސްގެ ސީނިއަރ ޕޮލިސީ ޑިރެކްޓަރ އަލްފާޟިލާ މަރްޔަމް މަނާރަތް މުނީރު ވަނީ ބައިވެރިވެވަޑައިގެންނެވިއެވެ.

  ޙައްޖާއި ޢުމްރާގެ އަޅުކަން އޭގެ އެންމެ ފުރިހަމަ ގޮތުގައި އަދާކުރުމަށް އެހީވެދިނުމުގެ ގޮތުން މިކުންފުނީގެ ފަރާތުން "އެމް.އެޗް.ސީ.އެލް ޙައްޖު ޓްރެއިނިންގ" ގެ ނަމުގައި ތަމްރީނު ޕްރޮގްރާމެއް އިފްތިތާހުކޮށްފީމެވެ. މި ތަމްރީނު ޕްރޮގްރާމް އިފްތިތާހުކޮށްދެއްވާފައިވަނީ އެކަމަށްޓަކައި އިއްޔެ ހެނދުނު ބޭއްވުނު ރަސްމިއްޔާތެއްގައި ކުންފުނީގެ ޗެއަރމަން ޑރ.މުޙައްމަދު ކިނާނަތުއެވެ. މި ރަސްމިއްޔާތުވާނީ ކުންފުނީގެ ފޭސްބުކް ޕޭޖް މެދުވެރިކޮށް ލައިވްކޮށްފައެވެ.


  "އެމް.އެޗް.ސީ.އެލް ޙައްޖު ޓްރެއިނިންގ" އިފްތިތާހްކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލް އިސްމާޢީލް ހަމީދު ވަނީ ފާއިތުވެދިޔަ އަހަރުތަކުގެ ޙައްޖު ދަތުރުތަކުގެ ހަނދާންތައް އާކޮށްފައެވެ. އަދި ކޮވިޑް 19 އާއި ގުޅިގެން މިދިޔަ އަހަރާ މިއަހަރުގެ ޙައްޖުދަތުރު ބޭއްވޭގޮތް ނުވިކަމުގައި ވިއަސް ޙައްޖު ދުވަހަކީ ޙައްޖު ކޯޕަރޭޝަނަށް ވަރަށް މުޙިއްމު ދުވަހެއްކަމަށް ވިދާޅުވެ ދުވަހުގެ ތަހުނިޔާ އެންމެހާ ދިވެހި ރައްޔިތުންނަށް އަރިސްކުރައްވާފައެވެ. މިފަދަ ޚާއްސަ ދުވަހެއްގައި މިފަދަ މުހިއްމު ޓްރެއިނިންގ އެއް އިފްތިތާހުކުރެވިގެންދިއުމަކީ ކުންފުނީގެ މަސައްކަތަށް އިތުރުކޮށްލެވޭ ވަރަށް ފުރިހަމަ ބޮޅެއްކަމަށްވެސް މެނޭޖިންގ ޑިރެކްޓަރގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.


  "އެމް.އެޗް.ސީ.އެލް ޙައްޖު ޓްރެއިނިންގ" ގެ މަޤްސަދަކީ ޙައްޖާއި އުމްރާގެ އަޅުކަމާއި ގުޅޭ ސައްޚަ މައުލޫމާތު ދިވެހި ރައްޔިތުންނަން ފޯރުކޮށްދީ، މިއަޅުކަމުގެ ޝައުޤުވެރިކަން އިތުރުކުރުމެވެ. އަދި ޙައްޖާއި އުމްރާއަށް ވަޑައިގަންނަވަން ބޭނުންވާ ފަރާތްތަކާއި ޙައްޖާއި އުމްރާގެ އަޅުކަން އުގެނުމަށް ޝައުގުވެރިކަން ހުންނަ ފަރާތްތަކަށް އަޅުކަން އަދާކުރުމަށް ތަމްރީނުކުރުމެވެ. މި ތަމްރީނު ޕްރޮގްރާމްގައި ޙައްޖާއި އުމްރާގެ ދަތުރަށް ތައްޔާރުވާނެ ގޮތާއި، އެދަތުރަށް ނަފްސް ތައްޔާރުކުރާނެ ގޮތާއި، ޙައްޖާއި އުމްރާގެ އަޅުކަން އަދާކުރާނެ ގޮތާއި ދަތުރު މަތީގައި އަމަލުތައް ބަހައްޓަންޖެހޭ ގޮތްތަކާއި، ދަތުރުގައި ދިމާވެދާނެ ކަންކަމާއި، ސިއްހީ ގޮތުން ކަންކަން ބަހައްޓަންވީ ގޮތާއި ސިއްހީ ގޮތުން ދުޅަހެޔޮކޮށް ތިބުމަށްޓަކައި ސަމާލުކަންދޭންޖެހޭ ކަންކަމާއި، އަޅުކަން ފުރިހަމަކުރުމަށްފަހު އެނބުރި އައިސް އަމަލުތައް ބަހައްޓަންވީ ގޮތާއި ޙައްޖާއި އުމްރާއާ ގުޅުން ހުރި ފިޤުހީ މައްސަލަތައް ކިޔާދެވިގެންދާނެއެވެ.


  ކޮންމެ ދިވެހި ރައްޔިތަކަށް ބައިވެރިވެވޭގޮތަށް ހިންގޭ "އެމް.އެޗް.ސީ.އެލް ޙައްޖު ޓްރެއިނިންގ" ކުރިއަށް ގެންދަނީ ބެޗްތަކަކަށް ބަހާލައިގެން 2 ދުވަހުގެ މުއްދަތަށެވެ. މި ތަމްރީނު ޕްރޮގްރާމް ބޭއްވުމުގެ ކުރިން ތަމްރީނު ޕްރޮގްރާމްގައި ބައިވެރިވުމަށްޓަކައި މިކުންފުނީގެ ފަރާތުން ޢާންމުކޮށް ހުޅުވާލާނެއެވެ. ރަށްރަށުގައި މި ތަމްރީނު ބޭއްވުމަށް ބޭނުންވާނަމަ އެކަން އަޅުގަނޑުމެންނަށް ހުށަހެޅުމުން އެއިންތިޒާމް ހަމަޖައްސައިދެވޭނެއެވެ.

  ފޭސްބުކް ލިންކް:

  /https://fb.watch/6QYLYxooHH

  ޙައްޖު ކޯޕަރޭޝަން ލިމިޓެޑްގެ 2019 ވަނަ އަހަރުގެ އަހަރީ ޢާންމު ޖަލްސާ ބާއްވައިފި

  31 ޑިސެމްބަރ 2020 ވަނަ ދުވަހު 13:30 ގައި މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް (އެމް.އެޗް.ސީ.އެލް) އިން ވަނީ އެ ކުންފުނީގެ 2019 ވަނަ އަހަރުގެ ޢާންމު ޖަލްސާ ބާއްވާފައެވެ. މި ޖަލްސާގައި އެމް.އެޗް.ސީ.އެލް ބޯޑު މެންބަރުންގެ އިތުރުން ކުންފުނީގެ ސައްތައިން ސައްތަ ހިއްސާދާރުގެ ހައިސިއްޔަތުން ސަރުކާރު ތަމްސީލްކުރެއްވީ މިނސްޓްރީ އޮފް ފިނޭންސްގެ ފަރާތުން އައްޔަންކޮށްފައިވާ ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް ރިފޯމް ކޮންސަލްޓަންޓް އަލްފާޟިލް މުޙައްމަދު އާޒާދުއެވެ.

  ޙައްޖު ކޯޕަރޭޝަން އިން “ޕްލާސްޓިކް ނޫން ގޮތެއް” ކެމްޕެއިން ލޯންޗްކުރުން

  ޑިސެމްބަރު 2019 ވަނަ ދުވަހު 13:00 ގައި މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް (އެމް.އެޗް.ސީ.އެލް) އިން ވަނީ “ޕްލާސްޓިކް ނޫން ގޮތެއް” ކެމްޕެއިން ލޯންޗްކޮށްފައެވެ. މި ކެމްޕެއިން ޝަރަފުވެރިކޮށް ހުޅުވައިދެއްވީ މިނިސްޓަރ އޮފް އެންވަޔަރަމަންޓް އޮނަރަބަލް ޑޮކްޓޮރ ޙުސައިން ރަޝީދު ޙަސަންއެވެ. މި ކެމްޕއިންގެ މައިގަނޑު މަޤްޞަދަކީ ސަރުކާރުން އެކުލަވާލާފައިވާ އެއްފަހަރު ބޭނުންކޮށް އެއްލައިލާ ޕްލާސްޓިކް ބޭނުންކުރުން މަދުކުރުމުގެ ސިޔާސަތައް އެއްބާރުލުންދީ އެ ސިޔާސަތު ޙައްޖު ކޯޕަރޭޝައިން ތަންފިޒުކުރުމެވެ. އެގޮތުން ކުންފުނިން ވަނީ ކެމްޕެއިން ބްރޭންޑްކޮށްފައިވާ ބިއްލޫރި ފުޅި ހުރިހާ ސްޓާފުންނަށް ފެން ބުއިމަށް ބޭނުންކުރުމަށްޓަކައި ހަދިޔާކޮށްފައެވެ.

  މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑްގެ ޚިދުމަތް ހޯދުމާއި ބެހޭ އުޞޫލަށް އިޞްލާޙްތަކެއް ގެނެވިއްޖެ

  ޙައްޖު ކޯޕަރޭޝަންގެ ޙިދުމަތް ހޯދުމާއި ބެހޭ އުޞޫލަށް ގެނެވުނު އިޞްލާޙުގެ ދަށުން ކޮންމެ އަހަރަކުވެސް މި ކޯޕަރޭޝަނަށް ލިބޭ ކޯޓާގެ ތެރެއިން %5 ޖާގަ ބޮޑެތި ބަލިތަށް ތަހައްމަލްކުރާ ފަރާތްތަކަށް ޚާއްސަ ކުރުމަށް ވަނީ ނިންމާފައެވެ. މި އުޞޫލުގެ ބޭނުމަށް ބޮޑެތި ބަލިތަކުގެ ގޮތުގައި ބެލެވޭނީ ފުރާނަ އަށް ނުރައްކާވާފަދަ ބަލިތައް ތަހައްމަލްކުރަމުންދާ ފަރާތްތަކެވެ. މިފަދަ ފަރާތްތަކުން ލިއުމާއިއެކު ، މި ކޯޕަރޭޝަނުން ކޮންމެ ހައްޖު މޫސުމަކާއި ދިމާކޮށް މި %5 ކޯޓާއަށް ހުށަހެޅުމަށް އާންމުކޮށް އިއުލާނުކޮށް ހުޅުވާލާނެއެވެ.


  ބޮޑެތި ބަލިތަކުގައި އުޅުއްވާ ބޭފުޅުންނަށް ޙާއްޞަކޮށްފައިވާ ކޯޓާގެ ފުރުޞަތު ހުޅުވާލުމުން އެފަރާތަކީ މިފަދަ ބައްޔެއް ތަހައްމަލްކުރާ ފަރާތެއްކަން ބަޔާންކޮށްފައިވާ ޑޮކްޓަރުގެ ލިޔުން ހުށަހަޅަންވާނެއެވެ. އަދި މިގޮތަށް ހުޅުވާލުމުން ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޙައްޖު ޖާގަ ލިސްޓަށް އަރާ ތަރުތީބުން މިފަރާތްތަކަށް ޖާގަ ދެވޭނެއެވެ. ޖާގަ ދިނުމުގައި އެ ފަރާތެއްގެ ބަލި ހާލަތަށް ރިއާޔަތްކޮށް ގިނަވެގެން 2 އެހީތެރިއަކަށް ޖާގަދިނުމުގެ އިޙްތިޔާރު ކޯޕަރޭޝަން އަށް ލިބިގެންވެއެވެ.


  ޙައްޖު ކޯޕަރޭޝަންގެ ޙިދުމަތް ހޯދުމާއި ބެހޭ އުޞޫލަށް ގެނެވުނު ދެވަނަ އިޞްލާޙުގެ ދަށުން ކަނޑައަޅާފައިވާ ޝަރުތުތައް ފުރިހަމަވާ ކުންފުނިތަކަށް މިހާރު މި ކޯޕަރޭޝަންގައި ރަޖިސްޓްރީވެ މެންބަރުންނަށްވުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ. މި އިޞްލާޙުގެ މަޤްސަދަކީ ދިވެހި ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގާ ކުންފުނިތަކުން އެ ކުންފުނިތަކުގެ މުވައްޒަފުން ހައްޖަށް ފޮނުވުމަށް މި ކޯޕަރޭޝަނުގައި ރަޖިސްޓްރީކޮށް ފައިސާ ދެއްކޭނެ މަގު ތަނަވަސްކޮށްދިނުމެވެ. މި އިޞްލާޙުގެ ދަށުން ރަޖިސްޓްރީ ކުރެވޭނީ ތިރީގައިވާ ޝަރުތުތަށް ހަމަވާ ކުންފުނިތަކަށެވެ.

  • (ހ) ދިވެހި ސަރުކާރު ޙިއްޞާވާ ކުންފުނިތައް.
  • (ށ) ދިވެހި ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ކުންފުނިތަކުގެތެރެއިން ރަޖިސްޓްރީކުރިފަހުން 1 އަހަރު ހަމަވެފައިވާ، ވަޒީފާ އަދާކުރާ ދިވެހި މުވައްޒަފުންގެ އަދަދު 10 އަށްވުރެ މަދުނޫން ކުންފުނިތައ

  ވީމާ، ކުންފުނިތަކުން މި ކޯޕަރޭޝަންގައި ރަޖިސްޓްރީކޮށް މި ކޯޕަރޭޝަނުން ކަނޑައަޅާފައިވާ ހައްޖު އަގުގެ %75 ދެއްކުމުން ޙައްޖު ޖާގައިގެ ލިސްޓަށް އެރުވޭނެއެވެ. ޙައްޖު ކޯޕަރޭޝަންގެ ޙިދުމަތް ހޯދުމާއި ބެހޭ އުޞޫލަށް އެއްވެސް އުނިއިތުރެއް ގެންނަން ޖެހިއްޖެނަމަ، އެ ގެނެވުނު އުނިއިތުރެއް ޢާއްމުކޮށް އިޢުލާނު ކުރެވޭނެއެވެ. އަދި މި ކޯޕަރޭޝަންގެ ވެބްސައިޓްގައި ޝާއިއުކުރެވޭނެއެވެ. ތިރީގައިވާ ލިންކް އިން ޙައްޖު ކޯޕަރޭޝަންގެ ޙިދުމަތް ހޯދުމާއި ބެހޭ އުޞޫލު ބަލައިލެވޭނެއެވެ.

  ޙައްޖު ކޯޕަރޭޝަން ލިމިޓެޑްގެ 2018 ވަނަ އަހަރުގެ އަހަރީ ޢާންމު ޖަލްސާ ބާއްވައިފި

  18 ނޮވެމްބަރު 2019 ވަނަ ދުވަހުގެ 2:00 ސުންމިނެޓުގައި މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް (އެމް.އެޗް.ސީ.އެލް) އިން ވަނީ އެ ކުންފުނީގެ 2018 ވަނަ އަހަރުގެ ޢާންމު ޖަލްސާ ބާއްވާފައެވެ. މި ޖަލްސާގައި އެމް.އެޗް.ސީ އެލްގެ ބޯޑު މެންބަރުންގެ އިތުރުން ކުންފުނީގެ ސައްތައިން ސައްތަ ހިއްސާދާރުގެ ހައިސިއްޔަތުން ސަރުކާރު ތަމްސީލްކުރެއްވީ މިނސްޓްރީ އޮފް ސްޓޭޓް ފޮރ ފިނޭންސް އަލްފާޟިލް އިސްމާޢީލް ޢަލިމަނިކެވެ.


  މި ޖަލްސާގައި 2018 ވަނަ އަހަރު ކުންފުނި ހިނގާ ދިޔަ ގޮތުގެ ރިޕޯޓު ހުށަހެޅުމާއި، 2018 ވަނަ އަހަރުގެ ކުންފުނީގެ އޮޑިޓް ރިޕޯޓް ވަނީ ފާސްކުރެވިފައެވެ. މީގެ އިތުރުން ކުންފުނީގެ ޗެއަރމަން އަދި މެނޭޖިންގ ޑިރެކްޓަރގެ ވާހަކަފުޅުގައި ކުންފުނީގެ ދުރު ރާސްތާގެ ބިޒްނަސް ޕްލޭންއެއް ތައްޔާރުކުރެވިފައިވާކަމާއި، އެ ބިޒްނަސް ޕްލޭން ތަންފީޒްކުރުމުގެ ޢަމަލީ މަސައްކަތް މިހާރު ފެށިފައިވާ ވާހަކަ ހާމަކުރައްވާފައިވެއެވެ.

  މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑަށް އިސްލާމިކް މިނިސްޓްރީން ކަނޑައެޅި 2 ވަނަ ކޯޓާ އާ މެދު ޢަމަލުކުރުމަށް ހަމަޖެހިފައިވާގޮތްި

  ނޫސް ބަޔާން


  މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑްއަށް، އިސްލާމިކް މިނިސްޓްރީން ކަނޑައެޅި 2 ވަނަ ކޯޓާގައި، ލިބޭ ޖާގަ އާ މެދު ޢަމަލުކުރުމަށް ކަނޑައެޅިފައިވާގޮތް ތިރީގައި ބަޔާން ކުރެވިފައި އެވަނީއެވެ.


  ޙައްޖު ކޯޕަރޭޝަންގެ ޚިދުމަތްތައް މާކެޓްކޮށް ފުޅާކުރުމަށްޓަކައި އޭޖެންޓުންނާއެކު އެއްބަސްވުމުގައި ސޮއިކުރެވިއްޖެ

  ޙައްޖު ކޯޕަރޭޝަނުން 10 ޖުލައި 2019 ވަނަ ދުވަހުގެ ހެނދުނު ބޭއްވި ސޮއެކުރުމުގެ ޙަފްލާގައި ވަނީ އެ ކޯޕަރޭޝަންގެ ޚިދުމަތްތައް މާކެޓްކޮށް ފުޅާކުރުމަށްޓަކައި ހޮވިފައިވާ އޭޖެންޓުންނާއެކު އެއްބަސްވުމުގައި ސޮއިކޮއްފައެވެ. އެއްބަސްވުން ސޮއިކުރެވިފައިވަނީ މީޑިއާގެ ހާޒިރުގައެވެ. ސޮއެކުރުމުގެ ޙަފްލާ ނިންމާލުމަށްފަހު ޙައްޖު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އިސްމާއިލް ޙާމީދު ވަނީ މީޑިއާ ބޭފުޅުންނާއި ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން އޭޖެންޓުން އައްޔަންކުރުމުގެ މަޤްޞަދަކީ ރައްޔިތުންނަށް ޙައްޖު ކޯޕަރޭޝަންގެ ޚިދުމަތްތަކާއި މަޢުލޫމާތު ލުއިފަސޭހަކަމާއެކު ފޯރުކޮށްދިނުންކަން ފާހަގަކުރެއްވިއެވެ. އޭޖެންޓުން އައްޔަންކުރެވިފައިވަނީ ހުޅުވާލެވިގެން އިޢުލާން ކުރުމަށްފަހުކަމާއި، އެޕްލިކޭޝަން ލާފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވެގެން އިންޓަރވިއުކުރުމަށްފަހު ހޮވިފައިވާ ފަރާތްތައްކަން ހާމަކުރެއްވިއެވެ. ހަމައެހެންމެ ދިވެހިރާއްޖޭގެ މާލެ، ހުޅުމާލެ، ވިލިމާލެ ފިޔަވައި ދެން އެހެން ހުރިހައި އިންތިހާބީ ދާއިރާތަކަކުން އޭޖެންޓުން އައްޔަންކުރުމަށް ނިންމަވާފައިވާ ކަންވެސް ހާމަކުރެއްވިއެވެ.

  image

  ހަމައެހެންމެ އޭޖެންޓުންނަށް އެއްވެސް ސިފައެއްގައި ޙައްޖު ކޯޕަރޭޝަންގެ ނަމުގައި އެއްވެސް ފައިސާގެ މުޢާމަލާތެއް ނުކުރެއްވޭނެކަންވެސް ހާމަކުރެއްވިއެވެ. އަދި އޭޖެންޓުން އައްޔަންކުރުމުގެ ސަބަބުން އެކި އަތަޅޮތަކުގައި އުޅުއްވާ ބޭފުޅުންނަށް ޙައްޖު ކޯޕަރޭޝަނުން ފޯރުކޮށްދޭ ޚިދުމަތްތަކުގެ މަޢުލޫމާތު ފަސޭހައިން ލިބޭނެކަމަށް އުންމީދުކުރާކަމަށާއި، އަދި ކޯޕަރޭޝަންގެ ޚިދިމަތްތައް ބޭނުންކުރުމުގައި މިހާރަށްވުރެ ބޮޑަށް ޢާންމުންނަށް ފަސޭހަވެގެންދާނެކަމަށް ޤަބޫލުކުރައްވާކަން ހާމަކުރެއްވިއެވެ.


  a>