ފަހެލި
Hotline: 1435
Phone: +9607961012
Email: admin@mhcl.mv
Start typing & press "Enter" or "ESC" to close
ކޯޕަރޭޓް
އަޅުގަނޑުމެން
ބޯޑް މެންބަރުން
ސީނިއަރ މެނޭޖްމަންޓް ޓީމް
މައިލް ސްޓޯންސް
ގުޅުއްވުމަށް
ޙިދުމަތްތައް
ޙައްޖުގެ ޚިދުމަތް
ޢުމްރާގެ ޚިދުމަތް
އެހެނިހެން ޚިދުމަތް
އީ.ސާވީސްގެ ޚިދުމަތްް
މީޑިއާ
ޚަބަރު
އެނައުންސްމަންޓް
ފޮޓޯ ގެލެރީ
ވީޑިއޯ ގެލެރީ
ސުވާލާއި ޖަވާބު
ޑައުންލޯޑްސް
މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް
ފުރަތަމަ ޞަފްހާ
ތަޢާރަފް
މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑަކީ 2013 ވަނަ އަހަރު ރަޢީސުލް ޖުމްހޫރިއްޔާގެ ޤަރާރަކުން އުފައްދަވާފައިވާ ސައްތައިން ސައްތަ ދިވެހި ސަރުކާރު ހިއްސާވާ ކުންފުންޏެކެވެ. މިކުންފުނީގެ މައިގަނޑު އަމާޒަކީ ޙައްޖާއި ޢުމްރާއަށް ދާން ގަސްތުކުރާ ދިވެހި ރައްޔިތުންނަށް ރަނގަޅު ފެންވަރެއްގައި ލުއި ފަސޭހަކަމާއި އެކު މި މަތިވެރިއަޅުކަން އަދާކުރެވޭނެ އިންތިޒާމު ހަމަޖައްސައިދީ، ޙައްޖު އަދި ޢުމްރާގެ އަޅުކަން އަދާކުރުމުގެ ގަސްތުގައި ދުރާލައިރާވަިގެން ރައްކާކުރާ ފައިސާ އަމާނާތްތެރިކަމާއެކު ބަލަހައްޓާނެ އިތުބާރުހުރި ނިޒާމެއް ޤާއިމުކުރުމެވެ.
އަޅުގަނޑުމެންގެ ވިޝަން
ދިވެހި ރައްޔިތުންނަށް އެކަށީގެންވާ އަގެއްގައި ލުއިފަސޭހަކަމާއިއެކު ޙައްޖަށް އަދި ޢުމްރާއަށް ދެވޭނެ މަގު ފަހިކޮށްދިނުން.
ދިވެހި ރައްޔިތުންނަށް ޙައްޖާއި ޢުމްރާ ދަތުރުތަކުގައި ދެވޭ ޚިދުމަތްތަކުގެ ފެންވަރު ރަގަޅުކުރުން.
އަޅުގަނޑުމެންގެ މިޝަން
ކުންފުނީގެ މިޝަންއަކީ ދިވެހި ރައްޔިތުންނަށް ލުއި ފަސޭހަކަމާއި އެކު ޙައްޖާއި ޢުމްރާގެ އަޅުކަން އަދާކުރެވޭނެ އިންތިޒާމު ހަމަޖައްސައިދީ، ޙައްޖާއި ޢުމްރާގެ އަޅުކަން އަދާކުރުމުގެ ގަސްތުގައި ރައްކާކުރާ ފައިސާ އަމާނާތްތެރިކަމާއެކު ބަލަހައްޓާނެ އިތުބާރުހުރި ނިޒާމެއް ޤާއިމުކުރުމެވެ.
އަޅުގަނޑުމެންގެ މަޤްޞަދު
ދުރާލާ ރާވައިގެން، ފަހަށް ފައިސާ ރައްކާކޮށް ޙައްޖާއި ޢުމްރާގެ އަޅުކަން އަދާކުރުމުގެ ރޫހް ދިވެހީންގެ މެދުގައި އަށަގެންނެވުން.
ދުރާލާ ރާވައިގެން ފަހަށް ފައިސާ ރައްކާކޮށް ޙައްޖާއި ޢުމްރާގެ އަޅުކަން އަދާކުރުމުގެ ފުރުޞަތު ތަނަވަސްކޮށް ދިނުން.
ހައްޖަށްދިއުމުގެ ގަސްތުގައި ކުންފުނީގެ ހަވާލުގައި ރައްކާކުރެވޭ ފައިސާ ޝަރީއާ ހުއްދަކުރާ ގޮތުގައި އިންވެސްޓްކޮށް، ލިބޭ ފައިދާއިން ޙައްޖުގެ އަގުގެ ބައެއް އަދާކޮށް، ކުރުމުއްދަތެއްގައި ޙައްޖުގެ އަގު ހަމަކުރެވޭނެ އިންތިޒާމް ހަމަޖެއްސުން.
ޙައްޖާއި ޢުމްރާކުރުމުގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުން.
ޙައްޖާއި ޢުމްރާގެ އަޅުކަމަށް ދިވެހިރައްޔިތުން ހޭލުންތެރިކުރުން.
ޙައްޖާއި ޢުމްރާގެ އަޅުކަން އަދާކުރުމަށް ޖިސްމާނީ، ނަފްސާނީ އަދި ފިކުރީގޮތުން ރައްޔިތުން ތައްޔާރުކުރުވުން.
އެމް.އެޗް.ސީ.އެލް
ބޯޑް މެންބަރުން
ސީނިއަރ މެނޭޖްމަންޓް
ގުޅުއްވުމަށް
އެނައުންސްމަންޓް