ޙައްޖުގެ ޚިދުމަތް


މި ކުންފުނިން ކުރިއަށްގެންދާ ޙައްޖު ދަތުރުތަކަކީ އެކަށީގެންވާ ހެޔޮއަގެއްގައި ރަނގަޅު ފެންވަރެއްގައި އިންތިޒާމުކުރެވޭ ދަތުރުތަކެވެ. މި ދަތުރުތަކުގެ ބައިވެރިވާ ޙާޖީންގެ މަސްލަހަތާއި ސަލާމަތާއި ރައްކާތެރިކަމަކީ އަޅުގަނޑުމެން ވަރަށް ޚާއްޞަ އަހައްމިޔަތެއް ދީގެން ބަލަހައްޓާކަމެއެވެ. އަދި ޙާޖީންއަށް ފޯރުކޮށްދޭ ޚިދުމަތްތަކަކީ ފެންވަރު ރަނގަޅު ޒަމާނާއެކަށޭނެ ޚިދުމަތްތަކެއެވެ. ޙައްޖު ދަތުރެއްގެ މުއްދަތަކީ 20 ދުވަހާއި 30 ދުވަހުގެ މުއްދަތެކެވެ. ޙައްޖަށް ދިއުމަށް މިހާރު ކަނޑައަޅާފައިވާ އަގަކީ 69,965/- ރުފިޔާއެވެ.
ޙައްޖަށް ރަޖިސްޓްރީ ވުމަށް

ޙައްޖު ދަތުރުގެ ޕެކޭޖުގައި ހިމެނޭ ޚިދުމަތްތަކަކީ ކޮބާ؟


 1. ދީނުގައި ކަނޑައެޅިފައިވާ ގޮތަށް ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމުގެ ފުރިހަމަ އިންތިޒާމް ހަމަޖައްސައިދެވޭނެ
 2. ފެންވަރު ރަނގަޅު ހޮޓަލުގެ ޚިދުމަތް
  • ފެންވަރު ރަނގަޅު 4 ތަރީގެ ހޮޓަލެއްގައި ތިބުން ހަމަޖައްސައިދެވޭނެ.
  • ޖާގަ ތަނަވަސް، ސާފްތާހިރު، ހިތްފަސޭހަ ހޮޓަލެއްގައި ތިބުމުގެ އިންތިޒާމް ހަމަޖައްސައިދެވޭނެ.
  • ޙާޖީންގެ ޚިދުމަތުގައި ޤާއިމް ކުރެވިފައިވާ ކައުންޓަރުން 24 ގަޑިއިރު ޚިދުމަތް ލިބޭނެ.

 3. ފެންވަރު ރަނގަޅު ދިވެހި މީރު ރަހަތައް
 4. ޙައްޖު ކިޓް
 5. ދީނީ މަޢުލޫމާތު އަދި ދަރުސް ދިނުން
 6. ތަމްރީނު ޕްރޮގްރާމް
 7. ޞިއްޙީ ޚިދުމަތް
 8. މަދީނާ ދަތުރުް
 9. ޒިޔާރަތް ދަތުރުތަށް
 10. ޢުމްރާް
 11. އިތުރު ޚިދުމަތްތައް

ޙައްޖަށް ރަޖިސްޓަރީ ވާނީ ކިހިނެއް؟

ޙައްޖުގެ ޚިދުމަތުގައި ރަޖިސްޓްރީވުމަށް "ޚިދުމަތަށް އެދޭ ފޯމް" ފުރިހަމަކުރުމަށްފަހު ހުށަހަޅުމުން ރަޖިސްޓަރ ކޮށްދެވޭނެއެވެ. ރަޖިސްޓަރ ވުމަށް އެއްވެސް ފީއެއް ދައްކާކަށް ނުޖެހޭނެއެވެ.

ރަޖިސްޓާރ ވުމަށް ތިރީގައިވާ ކޮންމެ ގޮތެއްވެސް ހިޔާރު ކުރެވިދާނެެ

 1. މިކުންފުނީގެ ކައުންޓަރއަށް ޒިޔާރަތްކޮށް ފޯމު ހުށަހަޅައިގެން.
 2. ފަހެލި ޕޯޓަލް މެދުވެރިކޮށް.
 3. އީމެއިލް ގެ ޒަރިއްޔާއިން ފޯމު ހުށަހަޅައިގެން.

ޙައްޖަށް ހުޅުވޭ އެކައުންޓަކީ ކޮބާ؟

 • ޙައްޖު އެކައުންޓް:
 • ޙައްޖު އެކައުންޓަކީ ޙައްޖަށް ދިއުމަށް ގަސްތުކޮށް ފައިސާ ދެއްކުމަށް ހުޅުވާނީ ޙައްޖު އެކައުންޓެކެވެ. މި އެކައުންޓްގެ ވެރިފަރާތުން މިކުންފުނިން އެއިރެއްގައި ކަނޑައަޅާފައިވާ ޙައްޖުގެ އަގުގެ %75 (ހަތްދިހަ ފަހެއް އިންސައްތަ) ހަމަކުރުމުން ހައްޖައް ދިއުމުގެ ޖާގަ ކިއުއިން ޖާގަ ރިޒާވްކޮށް ލިސްޓްގައި ހިމެނިގެންދާނެއެވެ.
  މިގޮތުން މިކުންފުންޏަށް އެއަހަރަކު ކޯޓާ ލިބޭމިންވަރަކުން، ކިއު ތަރުތީބުން ޙައްޖަށް ދިއުމުގެ ފުރުޞަތު ކޮންމެ މެމްބަރަކަށްވެސް ލިބިގެން ދާނެއެވެ. އެކައުންޓް ހުޅުވުމަށް ފަހު އެފަރަތާތަކުން ބޭނުންވާ މިންވަރަކުން ފައިސާ ޖަމާކުރަމުން ގެންދެވޭނެއެވެ.
 • ޙައްޖު ސޭވިންގް އެކައުންޓް:
 • ދުރާލާ ރާވައިގެން ވަކި އަހަރެއްގައި ޙައްޖަށް ދިއުމަށް ގަސްތުކޮށް، ރައްކާކުރާ ފައިސާ އިންވެސްޓްކޮށް، އިންވެސްޓްމެންޓްގެ ފައިދާއިން ޙައްޖުގެ އަގުގެ ބައެއް ދައްކައިގެން އަގު ހަމަކުރަން ބޭނުންފުޅުވާ ފަރާތްތަކުން ހުޅުވާނީ ޙައްޖު ސޭވިންގ އެކައުންޓެކެވެ. މި އެކައުންޓްގައި ހުންނަ ފައިސާ އިންވެސްޓްކުރެވޭނީ އިސްލާމީ ޝަރީޢާ ހުއްދަކުރާ ގޮތުގެ މަތިންނެވެ.

ޙައްޖުގެ އަގު ހަމަކުރުމަށް ޕެންޝަން ފައިސާ ބޭނުންކުރުން

ދިވެހި ރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނާއި އެއްގޮތަށް، މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން ކަނޑައަޅާ ގޮތެއްގެ މަތިން ޙައްޖުގެ އަގުގެ ބައެއް ހަމަކުރުމަށް ޕެންޝަން ފައިސާ ބޭނުންކުރެވިދާނެއެވެ. މިގޮތުން ޙައްޖުގެ އަގުގެ ބައެއް ދެއްކުމަށް ޕެންޝަން ފައިސާ ބޭނުންކުރަން ގަސްތުކުރާނަމަ ޕެންޝަން މެމްބަރެއްގެ ގޮތުގައި ރަޖިސްޓަރ ވާންނާނެއެވެ.
ޕެންޝަން މެމްބަރުން ޙައްޖު ޖާގަ ކަށަވަރުކުރާނީ ކިހިނެއް؟
 • ޙައްޖުގެ އަގުގެ 75 އިންސައްތައަށްވާ ފައިސާ ހަމަކޮށްގެން، ނުވަތަ މިކުންފުނި މެދުވެރިކޮށް ޙައްޖަށް ދިއުމަށް ޕެންޝަން ފައިސާ ރިޒާވްކޮށްދެވިފައިވާކަން އަންގާ މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޓިވް އޮފީހުން ދޫކޮށްފައިވާ ރިޒަވޭޝަން ލިޔުން ބޭނުންކޮށްގެން.
ޕެންޝަން ފައިސާ ބޭނުންކޮށްގެން ޙައްޖުގެ އަގުގެ ބައެއް ހަމަކުރުމަށް ބޭނުންނަމަ ޢަމަލުކުރާނީ ކިހިނެއް؟
 • ޙައްޖުގެ އަގުގެ ބައެއް ދެއްކުމަށް ޕެންޝަން ފައިސާ ބޭނުންކުރުމަށް އެދޭ ފަރާތްތަކުން، ޕެންޝަން ފައިސާއިން ދައްކަން އެދޭ މިންވަރު ބަޔާންކޮށް މިކުންފުންޏަށް ފޯމު ހުށަހަޅަންވާނެއެވެ. އަދި ޙައްޖުގެ އަގު ހަމަކުރުމަށް މަދުވާ އަދަދު ދެއްކުމުން، އެދިފައިވާގޮތަށް އެފަރާތެއްގެ ޕެންޝަން ފައިސާ ރިޒާވްކޮށް ދިނުމަށް އެދި މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޓިވް އޮފީހަށް ފޮނުވޭނެއެވެ. އަދި ޕެންޝަން އޮފީހުން އެފަރަތާތެއްގެ ޕެންޝަން ފައިސާ ރިޒާވްކޮށްދީފައިވާކަން އެންގުމުން ޙައްޖު ޖާގައެއް ރިޒާވްކޮށްދެވޭނެއެވެ.
(މިސާލު: ޙައްޖުގެ އަގުގެ 80 އިންސައްތަ އަށްވާ ފައިސާ ޕެންޝަން ފަންޑުން ދައްކަން އެދިހުށައެޅުމުން، ފައިސާ ރިޒާވްކޮށްދިނުމަށް އެދި ޕެންޝަން އޮފީހަށް އެންގޭނީ ޙައްޖުގެ އަގު ހަމަކުރުމަށް މަދުވާ ބާކީ 20 އިންސައްތައަށްވާ ފައިސާ މިކުންފުންޏަށް ދެއްކުމުންނެއެވެ.)