އެހެނިހެން ޚިދުމަތްް

ޝަރުޢީ ކަތިލުންތައް


ރައްޔިތުންނަށް ފޯރުކޮށްދޭ ޚިމަތްތަށް އިތުރުކުރުމަކީ މިކުންފުނީ އެއް އަމާޒެވެ. މިގޮތުން ޙައްޖާއި ޢުމްރާގެ ޚިދުމަތުގެ އިތުރަށް ޝަރުޢީ ކަތިލުންތަކުގެ ޚިދުމަތްވެސް މިކުންފުނިން ފޯރުކޮށްދެމެވެ. މިވަގުތު މިކުންފުނިން ފޯރުކޮށްދޭ ޝަރުޢީ ކަތިލުންތަކުގެ ތެރޭގައި ޢަޤީޤާ، އުޟްޙިޔާ، ފިދްޔަ އަދި މިނޫންވެސް އެހެނިހެން ޝަރުޢީ ކަތިލުންތައް ހިމެނެއެވެ. ޝަރުޢީ ކަތިލުންތައް ކަތިލުމަށް އިންތިޒާމް ކުރެވިފައިވަނީ މިކުންފުނިން ކުރިޔަށް ގެންދާ ޙައްޖު އަދި ޢުމްރާގެ ދަތުރުތަކުގައި މައްކާގައެވެ. އަދި ކަތިލުން ކަތިލެވޭ ވަގުތު ފޮޓޯ ހިއްސާ ކުރެވިގެން ދާނެއެވެ. ކޮންމެ ކަތިލުމަކަށްވެސް މި ވަގުތު ނަގާ އަގަކީ 1،697.00 ރުފިޔާ އެވެ.

ޝަރުޢީ ކަތިލުންތަކުގެ ޚިދުމަތަށް އެދޭނީ ކިހިނެއް؟

ޝަރުޢީ ކަތިލުންތަކުގެ ޚިދުމަތަށް އެދޭކަމުގައިވާނަމަ ޚިދުމަތަށް އެދޭ ފޯމާއި ފޯމުގައިވާ ތަކެތި ފުރިހަމަ ކުރެއްވުމަށްފަހު ކުންފުންޏަށް ހުށަހެޅުމުން ނުވަތަ އީމެއިލް ކުރެއްވުމަށްފަހު ފައިސާ ޓްރާންސްފަރ ކުރެއްވުމުން ޝަރުޢީ ކަތިލުމުގެ ޚިދުމަތަށް ރަޖިސްޓަރީ ކުރެވިގެން ދާނެއެވެ.

ޙައްޖު ކޯސް:


މިއީ ދިވެހި ރައްޔިތުންނަށް ޙައްޖު އަދި ޢުމްރާއާ ބެހޭގޮތުން ޢިލްމު ފޯރުކޮށްދިނުމަށްޓަކައި މުޅިން އަލަށް މި ކުންފުނިން ކުރިޔަށް ގެންދާ ކޯހެކެވެ. މި ކޯހުގައި ޙައްޖު އަދި ޢުމްރާ އަދާކުރާނެ ގޮތާއި އޭގެ ޢާންމު ފިޤުހުތަކާއި މަޢުލޫމާތާއި ދަތުރަށް ތައްޔާރުވުމުގެ ގޮތުން ކުރަންޖެހޭ ކަންތައްތަކާއި އަދި ދަތުރުމަތީގައި ޢަމަލުތައް ބަހައްޓަންޖެހޭ ގޮތްތައް ކިޔަވައިދެވޭނެއެވެ. މި ކޯސް ކުރިޔަށް ގެންދަވާނީ މި ކުންފުނީގެ ޙައްޖު އޮޕަރޭޝަންސްގެ ބެލުމުގެ ދަށުން ޙައްޖު އަދި ޢުމްރާގެ މަޢުލޫމާތު ހުރި ފަންނީ ބޭފުޅުންނެވެ. މި ކޯހުގައި ބައިވެރިވުމަށް ހުޅުވާލާ އަހަރުގެ އެކި ދުވަސްވަރުގައި އިޢުލާނު ކުރެވޭނެއެވެ.

ޙައްޖަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމް:


މިއީ ޙައްޖު އަދި ޢުމްރާއަށް ދިވެހި ރައްޔިތުން ހޭލުންތެރި ކުރުވުމަށްޓަކައި މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިޔަށް ގެންދެވޭ ޕްރޮގްރާމެކެވެ. އޮފީސްތަކާއި ރަށްތަކުގެ ޖަމިއްޔާ ޖަމާޢަތްތަކާއި ކައުންސިލްތަކާއި ގުޅިގެން މުވައްޒަފުންނާއި ޢާންމު ރައްޔިތުންނަށް ހުޅުވާލައިގެން ކުރިއަށްގެންދެވޭ މި ޕްރޮގްރާމަކީ މުޅި އަހަރުދުވަހަށް ބަހާލައިގެން ސިލްސިލާ ގޮތެއްގައި ކުރިޔަށް ގެންދެވޭ ޕްރޮގްރާމެކެވެ.