މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން ފޯރުކޮށްދޭ ޢުމްރާގެ ޚިދުމަތް

Umra dhathuru

ކޮންމެ އަހަރަކުވެސް މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން ޢުމްރާ ދަތުރުތަކެއް ރާވާނެއެވެ. އަދި މީލާދީ އަހަރު ފެށޭއިރު، ޢުމްރާ ދަތުރުތައް އަހަރުގެ ތެރޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ގޮތުގެ ތާވަލެއް ޢާއްމުކުރެވޭނެއެވެ. ހައްޖު ކޯޕަރޭޝަން އިން އެގޮތުން އަހަރެއް ތެރޭގައި ތިން ޢުމްރާ ދަތުރެއް ވަނީ ޕްލޭން ކުރެވިފައެވެ. ތިރީގައި ބަޔާންކޮށްފައިވާ ކޮންމެ ޢުމްރާއަކަށްވެސް ޢުމްރާ ކިޓް ލިބޭނެއެވެ. ޢުމްރާ ކިޓް ނުނަންގަވާނަމަ 1،000 ރުފިޔާގެ ޑިސްކައުންޓެއް ލިބޭނެއެވެ. ޢުމަރާގައި 4 ބޭފުޅުން ނުވަތަ އެޔަށްވުރެ ބޮޑު ގްރޫޕެއް ގޮތައް ރަޖިސްޓްރީ ކުރައްވާނަމަ ގްރޫޕްގައި ހިމެނޭ ކޮންމެ ބޭފުޅަކަށް 1،000 ރުގިޔާގެ ޑިސްކައުންޓެއް ލިބޭނެއެވެ. ހަމައެހެންމެ 2 އަހަރާއި 12 އަހަރާއި ދެމެދު ކުޑަކުއްޖެއްނަމަ 4،000 ރުފިޔާގެ ޑިސްކައުންޓެއް ޢުމްރާގެ އަގުން ލިބޭނެއެވެ. އަދި 2 އަހަރުން ދަށުގެ ކުއްޖެނަމަ މުޅި ޢުމްރާގެ އަގަށް ނަގާނީ 5،000 ރުފިޔާއެވެ. އަގުގެ އިތުރުން ފައިސާއެއް ނުނގާނެއެވެ. ހަމައެހެންމެ އަގުގެތެރޭގައި ވިސާ ޙަރަދާއި، ވެކްސިންގެ ހަރަދު ހިމެނޭނެއެވެ.

  1. މާރިޗް ޢުމްރާ (15 ދުވަސް) – -/22،965 ރުފިޔާ
  2. ރަމަޟާން ޢުމްރާ (20 ދުވަސް) – -/36،965 ރުފިޔާ
  3. ޑިސެމްބަރު ޢުމްރާ (15 ދުވަސް) – -/23،965 ރުފިޔާ