ޚިދުމަތްތައް

ޙައްޖުގެ ޚިދުމަތްތައް

ޙައްޖުގެ ޚިދުމަތްތައް ފޯރުކޮށްދިނުމަކީ މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ އެންމެ މުހިއްމު އަމާޒެވެ. މިގޮތުން ޙައްޖު ގެ ޚިދުމަތްތަކަށް ޙާއްސަ ދެ ވައްތަރެއްގެ ޕެކޭޖެއް މިވަނީ މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން ތަޢާރަފުކޮށްފައެވެ.

ތަފްސީލް

ޢުމްރާގެ ޚިދުމަތް

ކޮންމެ އަހަރަކުވެސް މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން ޢުމްރާ ދަތުރުތަކެއް ރާވާނެއެވެ. އަދި މީލާދީ އަހަރު ފެށޭއިރު، ޢުމްރާ ދަތުރުތައް އަހަރުގެ ތެރޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ތާވަލެއް ޢާއްމުކުރެވޭނެއެވެ. މީގެ އިތުރުން، ޢުމްރާއަށް ދާން ބޭނުންވާ ކޮންމެ ފަރާތަކަށްވެސް ޢުމްރާ ދަތުރެއް ރާވައިދިނުމަށް އެދި ހުށަހެޅުމުގެ ފުރުޞަތު އޮންނާނެއެވެ.

ތަފްސީލް

ޢަޤީޤާ ކަތިލުން

މައިން ބަފައިންނާއި ބެލެނިވެރިންގެ ތެރެއިން، މާތްވެގެންވާ މައްކާގެ ބިމުގައި ޢަޤީޤާ ކަތިލަން ބޭނުންވާ ފަރާތްތަކަށް މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުނުން ޢަޤީޤާ ކަތިލުމުގެ އިންތިޒާމު ހަމަޖެއްސިދާނެއެވެ.

ތަފްސީލް

އިރުޝާދު ދިނުމުގެ ޚިދުމަތް

މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ ޝަރީޢާ އެޑްވައިޒަރީ ކޮމިޓީއިން ޙައްޖާއި އަދި ޢުމްރާއާ ގުޅޭ ކަންކަމަށް އިރުޝާދު ދިނުމުގެ ޚިދުމަތް، އެކަމަށް އެދޭ، ކޯޕަރޭޝަންގެ ކޮންމެ މެންބަރަކަށްވެސް ފޯރުކޮށްދެވޭނެއެވެ.

ތަފްސީލް

ޙަލާލު އިންވަސްޓުމަންޓުތަކެއް ކުރުމުގެ ޚިދުމަތް

މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ ދުރާލާ ރާވައިގެން ބައިބަޔަށް ފައިސާ ދައްކައިގެން ޙައްޖަށް ދިއުމުގެ އުއްމީދު ޙާޞިލްކުރާ ޕެކޭޖުގައި ބައިވެރިވާ މެންބަރުން ޖަމާކުރާ ފައިސާ، ކޯޕަރޭޝަންގެ ޝަރީޢާ އެޑްވައިޒަރީ ކޮމިޓީގެ ލަފާގެ މަތިން، ޝަރީޢާ ހުއްދަކުރާ އިންވެސްޓުމަންޓުތަކުގައި އިންވެސްޓުކޮށްގެން ލިބޭ ފައިދާގައި ޝާމިލުކުރެވޭނެއެވެ.

ތަފްސީލް