ޙައްޖަށް ދިއުމަށް ޖާގަ ލިބިފައިވާ ފަރާތްތަކުގެ ލިސްޓް

ތިރީގައި އެވަނީ ޙައްޖު ކޯޕަރޭޝަންގެ ފަރާތުން ޙައްޖަށް ދިޔުމަށް ފައިސާ ދައްކާފައިވާ ތަރުތީބުން ޙައްޖަށް ދިޔުމަށް ޖާގަ ލިބިފައިވާ ފަރާތްތަކުގެ ލިސްޓެވެ. މި ލިސްޓްގައި ހިމެނޭނީ ޙައްޖު ކޯޕަރޭޝަންގައި ރަޖިސްޓްރީވެ ޖުމްލަ އަގު އެއްކޮށް ދައްކާ ޚަލާސްކޮށްފައިވާ ފަރާތްތަކާއި ޖުމްލަ އަގުގެ %75 ފައިސާ ދައްކާފައިވާ ފަރާތްތަކެވެ. ކޯޓާއަށް އަންނަ ބަދަލަކުން ޖާގަ ލިބޭ އަހަރު ބަދަލުވުމަކީ އެކަށީގެންވާ ކަމެކެވެ.

އެގޮތުން ވަކި އަހަރަކަށް ޙައްޖަށް ދިޔުމަށް ފައިސާ ދައްކާފައި ވަނިކޮށް، ކޯޓާ އިތުރުވުމާއި ގުޅިގެން ޖާގަ ލިބޭ އަހަރު އަވަސްވުމުގެ ފުރުޞަތު އޮންނާނެއެވެ. ޙައްޖުވެރިޔާ ބޭނުންފުޅުނަމަ ފުރުޞަތު ދޫކޮށްލައި ވިދިގެން އަންނަ އަހަރު ޙައްޖަށް ދިޔުމަށް ފަސްކުރެވިދާނެއެވެ.