ޙައްޖު ކިޓް

ތަޢާރަފް:

މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ މަޤްޞަދުތަކުގެ ތެރޭގައި ޙައްޖަށް އަދި ޢުމްރާއަށް ދާން ގަޞްދުކުރާ ފަރާތްތަކަށް ލުއިފަސޭހަގޮތަކަށް ޙައްޖާއި ޢުމްރާގެ އަޅުކަން ކުރެވޭނެ މަގު ތަނަވަސްކުރުން ހިމެނެއެވެ. އެގޮތުން، މި ތަޢާރަފްކުރެވޭ މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން ޙައްޖާއި ޢުމްރާވެރިންނަށް ދޫކުރެވޭ ކިޓް ވެގންދާނީ ޙައްޖާއި ޢުމްރާގެ އަޅުކަން ލުއިފަސޭހަ ކަމާއި އެކު ކުރުމަށް އެޅިގެންދާ ބިންގަލަކަށެވެ.

އަދި ހަމަ އެހެންމެ، މިއީ ޙައްޖާއި ޢުމްރާވެރިންނަށް ޚާއްޞަކޮށްގެން ރާއްޖޭގައި މިފަދަ ކިޓެއް ތަޢާރަފްކުރެވޭ ފުރަމަ ފަހަރެވެ.

ޙައްޖާއި ޢުމްރާވެރިންނަށް ދޫކުރާ ކިޓްގައި ހިމެނޭ ތަކެތީގެ ތަފްޞީލް:

hajj kit HajjCorp

  1. ފިރިހެން ބޭފުޅުންގެ އިޙުރާމާއި އަންހެން ބޭފުޅުންގެ އިޙުރާމް ފޮތި

ފެންވަރު ރަނގަޅު ފޭރާމުގައި މޯލްޑިވްސް ޙައްޖު ކޯޕަރޭޝްންގެ ލޯގޯ އާއި އެކު ތައްޔާރުކުރެވިފައިވާ ފިރިހެން ބޭފުޅުންގެ އިޙުރާމަކީ ނޭފަތަށް ކުނޑީގެ އަސަރު ނުކުރާނެ، ފޭރާންހެޔޮ އުފެއްދުމެކެވެ.

ޚިޔާރު ކުރެވިފައިވާ އަންހެން ބޭފުޅުންގެ އިޙްރާމް ފޮއްޗަކީ ސައޫދީ ޢަރަބިއްޔާގެ މާހައުލާއި ގުޅޭ، ލައިގެން އުޅެން ފަސޭހަ، ފާޅުކަން ކުޑަ ފޮއްޗެކެވެ.

ihram hajj kit

2. ފޮށި

ޙައްޖުވެރިޔާގެ ފޮށި ފަރުމާކުރެވިފައިވަނީ އެއާރލައިން ތަކުން އާއްމުކޮށްދޫކުރާ ބަރުދަން ފުރިހަމައަށް ބޭނުން ކުރެވޭނެ، 24 އިންޗީގެ، އެންމެ ހެޔޮވަރު ސައިޒަށެވެ.

ޙައްޖާއި ޢުމްރާވެރިންނަށް ދޫކުރާ ފޮއްޓާއި، ކިޓުގައި ހިމެނޭ ހުރިހާ ތަކެތިވެސް ފަރުމާކުރެވިފައިވަނީ ޙައްޖު ކޯޕަރޭޝަނުން ބެލުމަށް ފަހު، ޚިޔާރުކޮށްފައިވާ ކޮލިޓީ ރަނގަޅު އާލާތައް ބޭނުން ކޮށްގެނެވެ. ކިޓުގެ ހުރިހާ ތަކެތީގައިވެސް ދިވެހި ޤައުމީ ދިދައާއި މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ ލޯގޯ ހިމެނިފައި ވާނެއެވެ. ހަމަ އެހެންމެ، މި ކިޓު ތައްޔާރުކުރުމުގައި ބޭނުން ކުރެވިފައިވާ ކުލަތަކަކީ ކިޓުގައި ހިމެނޭ އެއްވެސް އެއްޗެއް ގެއްލިއްޖެ ނަމަ ފަސޭހައިން ހޯދޭނެ، ފާޅުކަންބޮޑު، ދިވެހި ގައުމިއަޔަތާއި ގުޅޭ ކުލަ ތަކެވެ.

Hajj Bag HajjKit HajjCorp

3. ބެކްޕެކް

އުމުރުން ދުވަސްވީ މީހުނާއި، ސިއްޙީގޮތުން ނިކަމެތި ހާޖީންނަށް ފަސޭހަކަމާއިއެކު ދަމާލެވޭނެހެން (ޓްރޯލް ކޮށްލެވޭނެހެން) ބެކްޕެކް ވަނީ ފަރުމާކުރެވިފައެވެ. އެހެން ކަމުން، ބެކްޕެކް ކިތަންމެ ބަރު ކަމުގައި ވީނަމަވެސް ފަސޭހަ ކަމާއެއެކު އެއްތަނުން އަނެއް ތަނަށް ގެންދެވޭނެއެވެ.

4. އަތްމަތީ ދަބަސް

އަތްމަތީ ދަބަސް ނުވަތަ އުނަގަނޑުގައި އަޅުވާ ދަބަހެއް މިކިޓްގައި ހިމެނިފައިވަނީ ޙައްޖާ ޢުމްރާގެ އަޅުކަމުގައި އުޅޭއިރު ފަސޭހަކަމާއިއެކު ބައެއް ތަކެތި ހިފައިގެން ދަތުރުތަކުގައި ޙަރަމްފުޅުގައި އުޅުމަށް މަގުފަހި ކޮށްޑިނުމަށެޗެ. ނަތީޖާއެއްގެ ގޮތުން، ދަތުރުގައި އަދި އަޅުކަމުގައި އުޅުމަށް ފަސޭހަވެގެން ދެއެވެ. އަދި، މިކަމުގެ ސަބަބުން އަތުގައި އޮންނަ ފޯނު ދުޢާ ފޮތް އަދި އެހެނިހެން މުޙިންމު ތަކެތި ނުގެއްލި ރައްކާތެރިކަމާއެކު ގެންގުޅެވެއެވެ.

Hand Bag Hajjkit HajjCorp

5. ޒީނަތްތެރިވާ ދަބަސް

ޒީނަތްތެރިވާ ތަކެތި އެޅުމަށް ދަބަހެއް މިކިޓްގައި ހިމެނިފައިވަނީ ޙައްޖާ ޢުމްރާގެ އަޅުކަމުގައި އުޅޭއިރު ފަސޭހަކަމާއިއެކު އެކައްޗެއްގައި ޒީނަތްތެރިވާ ސާމާނު ގެންގުޅުމުގެ ގޮތުންނެވެ. ނަތީޖާއެއްގެ ގޮތުން، ފެންވަރައި ޒީނަތްތެރިވުމަށް ހޭދަވާ ވަގުތު ކުޑަކުރެވި އަޅުކަމުގައި ގިނަވަގުތު ހޭދަކުރުމަށް މަގުފަހިވެއެވެ. އަދި، ޒީނަތްތެރިވާ ތަކެތިއަޅަން ވަކި ދަބަހެއް އޮތުމުން ސައޫދީ ޢަރަބިއްޔާގައި ކުރެވޭ ދަތުރުތަކަށް ތައްޔާރުވުމަށް ފަސޭހަވެގެން ދާނެއެވެ.

6. ޖީބު ކާޑާއި ލޯގޯ

މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން މެދުވެރިކޮށް ޙައްޖަށް އަދި ޢުމްރާއަށް ވަޑައިގަންނަވާ ކޮންމެ ބޭފުޅަކަށް އެބޭފުޅެއްގެ އަމިއްލަ މައުލޫމާތު އަރަބި، އިނގިރޭސި އަދި ދިވެހި ބަހުން ހިމެނޭނެހެން ތައްޔާރު ކުރެވިފައިވާ ފޮޓޯޖެހި ޖީބު ކާޑެއް ދެވޭނެއެވެ. އަދި، އަންހެން ބޭފުޅުންގެ ބުރުގާގައި ޖެހުމަށްޓަކާ ކޮންމެ އަންހެން ބޭފުޅަކަށް މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ 03 ލޯގޯ މި ކިޓުގައި ހިމެނެއެވެ.

jeebu Card HajjCorp