ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ހައްޖަށް ދިޔަ ހައްޖުވެރިން މިހާރު ވަނީ ހައްޖުގެ އަޅުކަން ނިންމާފަ އެވެ. އެމީހުން އެނބުރި ރާއްޖެ އައުމުގެ ތައްޔާރީތައް މިހާރު ދަނީ ވަމުންނެވެ. ފުރަތަމަ ދެ ފްލައިޓްގެ ދަތުރު ހަމަޖެހިފައިވާ ގޮތް ތިރީގައި އެވަނީ އެވެ.
ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ހައްޖުވާ މީހުން މިރޭ މިނާއަށް ދިޔުމަށް ފުރާނެ އެވެ.
އެންމެ ފަހު ވަގުތު ލިބުނު ކޯޓާގައި ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ހައްޖަށް ދާ 300 މީހުންނަށް މިއަދު ހަވީރު ވަނީ ފުރަތަމަ ތަމްރީން ޕްރޮގްރާމް ކުރިއަށް ގެންގޮސްފަ އެވެ. މިރޭ ވެސް ތަމްރީނު ޕްރޮގްރާމެއް ކުރިއަށް ދާނެ އެވެ.
ދިވެހިރާއްޖެއަށް މިއަހަރު އިތުރަށް ލިބުނު 1000 ކޯޓާގެ ތެރެއިން 500 ކޯޓާ ޙައްޖު ކޯޕަރޭޝަނަށް ވަނީ ލިބިފައެވެ.
ވީމާ، ޙައްޖު ކޯޕަރޭޝަންގެ ޙަވާލުގައި ކުރިޔަށް އޮތް އަހަރުތަކުގައި ޙައްޖަށް ދިޔުމަށް ޖާގަ ކަށަވަރުވެފައިވާ ފަރާތްތަކާއި، ޙައްޖު ކޯޕަރޭޝަނަށް މިހާރު ފައިސާ ދައްކަވަމުންދާ ފަރާތްތަކާއި، ވަގުތުން ފައިސާ ދައްކަވައިގެން މިއަހަރު ޙައްޖުގެ އަޅުކަން އަދާކުރުމަށް ވަޑައިގަންނަވަން ބޭނުންފުޅުވާ ފަރާތްތަކުން، މިކޯޓާގައި ޙައްޖަށް ވަޑައިގަންނަވަން ބޭނުންފުޅުވާނަމަ 21 އޮގަސްޓް 2017 ވަނަ ދުވަހުގެ ރޭގަނޑު 10:00 ގެ ކުރިން ޙައްޖު ކޯޕަރޭޝަނަށް ގުޅުއްވުމަށްފަހު ނަންނޯޓު ކުރެއްވުން އެދެމެވެ.
އެހެން ދަތުރުތަކެކޭވެސް އެއްފަދައިން، މިދަތުރުގައިވެސް 2 ޢުމްރާ ކުރުމުގެ ފުރުޞަތާއި، މަދީނާއަށް ޒިޔާރަތްކުރުން އޮންނާނެއެވެ. މިކޯޓާގައި ޙައްޖަށް ވަޑައިގަންނަވާ ބޭފުޅުން ފުރުމަށް ލަފާކުރެވިފައިވަނީ 26 އޮގަސްޓް 2017 ގައެވެ.
މައްކާގެ ތަންތަނަށް ޒިޔާރަތް ކުރުން މާދަމާ ފަށާނެ އެވެ. މި ޒިޔާރަތް ދަތުރު ކުރިއަށް ގެންދާނީ ތިން ދުވަހަށް ބަހާލައިގެންނެވެ.
ދެވަނަ ގުރޫޕް މިއަދު ވަނީ މަދީނާގެ ތާރީހީ ތަންތަނަށް ޒިޔާރަތްކޮށްފަ އެވެ. އެގޮތުން އުހުދު ފަރުބަދަ އާއި ޤުބާ މިސްކިތާއި މަޝްހޫރު ކަދުރު ދަނޑުތަކަށް ޒިޔާރަތްކޮށްފައިވެ އެވެ. މި ޒިޔާރާތުގައި މަދީނާގައި ތައުލީމް ހާސިލުކުރާ ދިވެހި ދަރިވަރުން ބައިވެރިވެ، ގުރޫޕްގެ މެންބަރުންނަށް ގިނަ މައުލޫމާތުތަކެއް ދީފައިވެ އެވެ.
މިހާރު މަދީނާގައި ތިބި 350 މީހުން ވަނީ މަދީނާ ޒިޔާރަތް ދަތުރު ނިންމާލާފަ އެވެ. މަދީނާ ޒިޔާރަތް ދަތުރަށްފަހު އުމްރާ ކުރާނެ އެވެ. ބާކީ ތިބި މީހުން މީހުން މަދީނާ ދަތުރު ފަށާނީ މާދަމާ އެވެ.
މަދީނާއަށް ކުރާ ޒިޔާރަތް ދަތުރުތައް ފަށައިފި އެވެ. އެގޮތުން ފުރަތަމަ ޓީމްގައި 350 މީހުން މިއަދު ވަނީ މަދީނާއަށް ޒިޔާރަތްކޮށްފަ އެވެ. އެމީހުން ދަތުރުކުރުމަށް 8 ބަހުގެ އިންތިޒާމް ވަނީ ހަމަޖައްސާފަ އެވެ. މި ދަތުރުގައި މަދީނާގެ މަސްޖިދުލް ނަބަވީ އާއި ރައުލާ ޤުބާ މިސްކިތް އަދި އިސްލާމީ ތާރީހުގައި އެކިއެކި ހާދިސާތައް ހިނގާފައިވާ ތަންތަނަށް ޒިޔާރަތްކުރާނެ އެވެ. މަދީނާ ހައްޖުވެރިން ތިބެން ހަމަޖެހިފައިވާ ހޮޓަލަކީ ސޮފްރާ އަލް އީމާން އެވެ. އެ ހޮޓަލަކީ ނަބަވީ މިސްކިތަށް ފަސް މިނެޓް ތެރޭގައި ދެވޭ ހިސާބުގައި ހުންނަ ހޮޓަލެކެވެ. ފުރަތަމަ ދަތުރުގައި ބައިވެރިނުވާ މީހުން މަދީނާ ދަތުރަށް ފުރާނީ އަންނަ އަންގާރަ ދުވަހު އެވެ. މަދީނާ ދަތުރަށްފަހު އުމްރާ ކުރާނެ އެވެ.
ތިންވަނަ ފްލައިޓްގެ ހުރިހާ ޙާޖީންވެސް މިހާރުވަނީ މައްކާގެ ހޮޓަލަށް އާދެވިފައެވެ. މައްކާގައި ޙައްޖުވެރި ތިބޭނީ “ރެފާ” ހޮޓަލުގައެވެ.
ޙައްޖުވެރިން ތިބުމަށް ހަމަޖެހިފައިވާ ހޮޓަލާ ބެހޭ މަޢުލޫމާތު ޙައްޖު ކޯޕަރޭޝަންގެ ހަވާލުގައި ޙައްޖުގެ މާތް އަޅުކަމަށް ވަޑައިގަންނަވާ ހުރިހާ ހާޖީން މައްކާގައި ތިބޭނީ ރެފާ ހޮޓަލުގައެވެ. ގާތްގަޑަކަށް 12 މިނެޓުން ހޮޓަލުން ހަރަމްފުޅަށް ހިނގާލާފައި ދެވޭނެއެވެ.
ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ހަވާލުގައި މިއަހަރު ހައްޖުގެ އަޅުކަން އަދާކުރުމަށް ދިޔަ ހައްޖުވެރިންގެ ދެވަނަ ގްރޫޕް މިހާރު ތިބީ ޖިއްދާ އެއާޕޯޓުގައެވެ. 198 މީހުންގެ މިގްރޫޕްގެ ހުރިހާ ހައްޖުވެރިންގެ ހާލުވެސް ރަނގަޅުކަމަށްވެސް މައުލޫމާތު ލިބިފައިވެ އެވެ. އެ ފަރާތްތައް މިހާރު ދަތުރުކުރަމުން ދަނީ މައްކާއަށެވެ.
ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ހައްޖަށްދާ އެންމެ ފަހު ގުރޫޕް ފުރާފައިވަނީ މިރޭ 20:35ގައެވެ. މިއަދު ފުރާފައިވާ 198 މީހުންގެ ފްލައިޓް ޖިއްދާ އެއަރޕޯޓުގައި ޖައްސާނެކަމަށް ލަފާކުރެވެނީ މިރޭ 00:05 ގައެެވެ.
ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ހައްޖަށް ދަނީ ޖުމްލަ 700 މީހުންނެވެ.
ދެވަނަ ފްލައިޓްގެ ހުރިހާ ޙާޖީންވެސް މިހާރުވަނީ މައްކާގެ ހޮޓަލަށް އާދެވިފައެވެ. މައްކާގައި ޙައްޖުވެރި ތިބޭނީ “ރެފާ” ހޮޓަލުގައެވެ.
ޙައްޖުވެރިން ތިބުމަށް ހަމަޖެހިފައިވާ ހޮޓަލާ ބެހޭ މަޢުލޫމާތު ޙައްޖު ކޯޕަރޭޝަންގެ ހަވާލުގައި ޙައްޖުގެ މާތް އަޅުކަމަށް ވަޑައިގަންނަވާ ހުރިހާ ހާޖީން މައްކާގައި ތިބޭނީ ރެފާ ހޮޓަލުގައެވެ. ގާތްގަޑަކަށް 12 މިނެޓުން ހޮޓަލުން ހަރަމްފުޅަށް ހިނގާލާފައި ދެވޭނެއެވެ.
ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ހަވާލުގައި މިއަހަރު ހައްޖުގެ އަޅުކަން އަދާކުރުމަށް ދިޔަ ހައްޖުވެރިންގެ ދެވަނަ ގްރޫޕް މިހާރު ތިބީ ޖިއްދާ އެއާޕޯޓުގައެވެ. 282 މީހުންގެ މިގްރޫޕްގެ ހުރިހާ ހައްޖުވެރިންގެ ހާލުވެސް ރަނގަޅުކަމަށްވެސް މައުލޫމާތު ލިބިފައިވެ އެވެ. އެ ފަރާތްތައް މިހާރު ދަތުރުކުރަމުން ދަނީ މައްކާއަށެވެ.
ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ހައްޖަށްދާ ދެވަނަ ގުރޫޕް ފުރާފައިވަނީ މިއަދު ހަވީރު 17:20ވެ. މިއަދު ފުރާފައިވާ 282 މީހުންގެ ފްލައިޓް ޖިއްދާ އެއަރޕޯޓުގައި ޖައްސާނެކަމަށް ލަފާކުރެވެނީ މިރޭ 00:30 ގައެެވެ.
ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ހައްޖަށް ދަނީ ޖުމްލަ 700 މީހުންނެވެ.
ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ހައްޖަށްދާ ފަރާތްތަކުގެ ދެވަނަ ފްލައިޓް މިއަދު ފުރާނެ އެވެ. އެއާޕޯޓް ފެރީ އޮންނާނީ މިއަދު މެންދުރުފަހު 1:30 ގަ އެވެ. އަދި ފްލައިޓް ފުރުމަށް ހަމަޖެހިފައިވާ ގަޑިއަކީ ހަވީރު 5:20 ގަ އެވެ.
ހައްޖުވާ ފަރާތްތަކަށް ސިމް ކާޑް ވިއްކުމުގެ އިންތިޒާމް ހައްޖު ކޯޕަރޭޝަންގެ ފަރާތުން ވަނީ ހޮޓެލްގައި ހަމަޖައްސާފަ އެވެ.
ފުރަތަމަ ފްލައިޓްގެ ހުރިހާ ޙާޖީންވެސް މިހާރުވަނީ މައްކާގެ ހޮޓަލަށް އާދެވިފައެވެ. މައްކާގައި ޙައްޖުވެރި ތިބޭނީ “ރެފާ” ހޮޓަލުގައެވެ.
ޙައްޖުވެރިން ތިބުމަށް ހަމަޖެހިފައިވާ ހޮޓަލާ ބެހޭ މަޢުލޫމާތު ޙައްޖު ކޯޕަރޭޝަންގެ ހަވާލުގައި ޙައްޖުގެ މާތް އަޅުކަމަށް ވަޑައިގަންނަވާ ހުރިހާ ހާޖީން މައްކާގައި ތިބޭނީ ރެފާ ހޮޓަލުގައެވެ. ގާތްގަޑަކަށް 12 މިނެޓުން ހޮޓަލުން ހަރަމްފުޅަށް ހިނގާލާފައި ދެވޭނެއެވެ.
މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން މިއަހަރު ޙައްޖަށް ވަޑައިގެންނެވި ފުރަތަމަ ފްލައިޓްގެ ޙާޖީންނަށް ރާއްޖެއިން ސައުދީއަރަބިއްޔާއަށް ކަނޑައަޅުއްވާފައި ހުންނަވާ ދިވެހި ސަފީރު، އަބްދުﷲ ހަމީދު މަރުހަބާ ވިދާޅުވެއްޖެއެވެ. ޙާޖީން އެއާރޕޯޓްއިން ނުކުތް ވަގުތު ސަފީރު ވަނީ ޙާޖީންނާއި ބައްދަލުކުރައްވާ ޙާލު ބައްލަވާފައެވެ.
ޙައްޖު ކޯޕަރޭޝަންގެ ހަވާލުގައި ޙައްޖުގެ މާތް އަޅުކަމަށް ވަޑައިގަންނަވާ ހުރިހާ ހާޖީން މައްކާގައި ތިބޭނީ ރެފާ ހޮޓަލުގައެވެ. ގާތްގަޑަކަށް 12 މިނެޓުން ހޮޓަލުން ހަރަމްފުޅަށް ހިނގާލާފައި ދެވޭނެއެވެ.
ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ހައްޖަށްދާ ފުރަތަމަ ގުރޫޕްގެ ފަރާތްތަކުގެ ފޮށި ހަވާލުވާން ފަށައިފިއެވެ.
ހައްޖު ކޯޕަރޭޝަންގެ އެޑްވާންސް ޓީމު މިއަދު ވަނީ ޖިއްދާއަށް ގޮސްފަ އެވެ.