ޚަބަރު

މަޝާއިރު ތަކުގައި ހައްޖުވެރިން އަމަލުކުރާނެ ގޮތާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް މުތައްވިފް އޮފީސްގެ ބޭފުޅުންނާ މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ އިސް ބޭފުޅުން ބައްދަލުކޮއްފިއެވެ. މުތައްވިފް އޮފީހުގެ ބޭފުޅުންނާއި އެކު ބޭއްވި ބައްދަލުވުމުގައި ކޯޕަރޭޝަންގެ ޙައްޖުވެރިންނަށް މުތައްވިފް އޮފީސް މެދުވެރިކޮށް ދޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށް މަޝްވަރާކޮށްފައިވެއެވެ. އަދި އެފަދަ ކަންކަން ފާހަގަކޮށް މިދިޔަ އަހަރުގެ ޙައްޖުގެ ތަޖުރިބާތަށް ހިއްސާކޮށްފައިވެއެވެ. އަދި އެކަންކަން މިފަހަރުގެ ޙައްޖުގައި ތަކުރާރު ނުވާނެ ގޮތަކަށް… ތަފްސީލް
ހަރަމްގައި ހިނގާ ދިޔަ ހާދިސާގައި ޙައްޖު ކޯޕަރޭޝަންގެ އެއްވެސް ޙާޖީއަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ. ހަރަމްގައި ހިނގާ ދިޔަ ހާދިސާއާއި ގުޅިގެން ޙައްޖު ކޯޕަރޭޝަންގެ ހުރިހާ ޙާޖީން ހޮޓަލަށް ގެނައުމުގެ މަސައްކަތް ކުރެވިފައިވެއެވެ. ހާދިސާ ހިނގާ ދިޔަ ވަގުތު ގިނަ ޙާޖީން ތިއްބެވީ ހޮޓަލުގައެވެ. މައްކާއަށް މޫސުން ގޯސްވުމުގެ ސަބަބުން ހޮޓަލުގެ ތިއްބެވި ހުރިހާ ޙާޖީން ހޮޓަލުން ބޭރަށް ވަޑައިގަތުމުގައި ސަމާލު ވުމަށް ވަނީ އަންގާފައެވެ. އަދި އެއްވެސް ޙާޖީއަކަށް… ތަފްސީލް
ޙައްޖުވެރިން މަދީނާ ދަތުރު ނިންމާލުމަށްފަހު އެނބުރި މައްކާއަށް އައިސްފިއެވެ. މައްކާގައި ތިބި ޙައްޖުވެރިން މަދީނާއަށް ޒިޔާރަތްކޮށް ފައިވަނީ ދެ ބަޔަކަށް ބަހާލައިގެންނެވެ. ފުރަތަމަ ގްރޫޕް މަދީނާއަށް ފުރާފައިވަނީ ޒުލްޤައިދާ މަހުގެ 19 ދުވަހުގައެވެ. އަދި އެނބުރި މައްކާއައިސްފައިވަނީ ޒުލްޤައިދާ މަހުގެ 22 ގައެވެ. ދެވަނަ ގްރޫޕް ޒުލްޤައިދާ މަހުގެ 22 ވަނަ ދުވަހު މަދީނާއަށް ޒިޔާރަތްކޮށް ޒުލްޤައިދާ މަހުގެ 25 ވަނަ ދުވަހު މައްކާއަށް ވަނީ އެނބުރި އައިސްފައެވެ. އަދި… ތަފްސީލް
ޙައްޖު ކޯޕަރޭޝަންގެ ޙާޖީން ތިބޭ ހޯޓާ ތަކުގެ ހޮޓްލައިން ނަންބަރު އާންމުކޮށްފިއެވެ. މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ ފަރާތުން 1436 ވަނަ އަހަރު ޙައްޖުގެ އަޅުކަމަށް ވަޑައިގެން 1300 ބޭފުޅުން ތިއްބަވަނީ 3 ހޮޓަލެއްގައެވެ. ހަރަމްފުޅާއި ކައިރި ހިސާބެއްގައި ހުންނަ މި3 ހޮޓަލުގައި ޙައްޖުވެރިން ބައިތިއްބާފައިވާއިރު ހޮޓަލުގެ ރަސްމީ ހޮޓްލައިން ނަންބަރެއް ވަނީ ޤާއިމްކޮށްފައެވެ. ޙާޖީން ތިބޭ ހޮޓާ ތަކަކީ ބަރަކަ މަވައްދަ، ދައްލާ އަޖްޔަދް އަދި ރެފާ ހޮޓަލުގައެވެ. ޙާޖީން… ތަފްސީލް
57 އަހަރުގެ ޙައްޖުވެރިއަކު ހާލު ބޮޑުވެގެން އެޑްމިޓްކޮށްފިއެވެ. މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ ފަރާތުން މިއަހަރު ޙައްޖަށް މައްކާއަށް ވަޑައިގެން އުޅުއްވާ ޙައްޖުވެރިންގެ ތެރެއިން ޙައްޖުވެރިއަކު ހާލު ބޮޑުވެގެން އެޑްމިޓް ކުރީ މިރޭގެ ވަގުތެއްގައެވެ. އެޙާޖީގެ ހުރިހާ ކަމެއްވެސް ވަރަށް ގާތުން ޙައްޖު ކޯޕަރޭޝަންގެ އޮފިޝަލުން ގެންދަނީ ބަލަމުންނެވެ. މިއަހަރުގެ ޙައްޖުކުރުމަށް ޙައްޖު ކޯޕަރޭޝަންގެ ފަރާތުން 1300 ޙައްޖުވެރިން ވަނީ މައްކާއަށް ވަޑައިގެންފައެވެ. ޙައްޖު ކޯޕަރޭޝަން އިން ޙައްޖުވެރިންނަށް ސިއްހީގޮތުން އެހީތެރިކަން… ތަފްސީލް
މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ ފަރާތުން މިއަހަރު ޙައްޖުވުމަށް މައްކާއަށް ވަޑައިގެން ދިވެހި ޙައްޖުވެރިންގެ ތެރެއިން މަދީނާއަށް ވަޑައިނުގަތް ތިއްބެވި ޙައްޖުވެރިން މާދަމާ މަދީނާއަށް ފުރުމަށް ވަނީ ހަމަޖެހިފައެވެ. މިގްރޫޕްގައި މަދީނާއަށް ފުރުމަށް ހަމަޖެހިފައިވަނީ ޖުމްލަ 1000 ޙައްޖުވެރިންނެވެ. ޙައްޖުވެރިން މަދީނާ ފުރުމަށް ހަމަޖެހިފައިވަނީ 6 ސެޕްޓެމްބަރު 2015 ވާ އާދިއްތަ ދުވަހުއެވެ. މައްކާއިން މަދީނާއަށް ފުރާ ޙައްޖުވެރިންނަކީ ހޮޓެލް ރަފާ އަދި ހޮޓެލް ދައްލާ އަޖްޔަދުގައި ތިއްބަވާ ޙައްޖުވެރިންނެވެ. ގްރޫޕްތައް… ތަފްސީލް
ޙައްޖު ކޯޕަރޭޝަންގެ ޙައްޖުވެރިންގެ ފުރަތަމަ ގްރޫޕް މަދީނާއަށް ޒިޔާރަތްކޮށްފިއެވެ. އްޖު ކޯޕަރޭޝަންއިން މިއަހަރު ޙައްޖަށް ވަޑައިގެންނެވި ޙައްޖުވެރިންގެ ތެރެއިން ފުރަތަމަ ގްރޫޕް މައްކާއިން މަދީނާއަށް ފުރާފައިވަނީ މިއަދު 8:30 ގައެވެ. 7 ބަހުގައި ޖުމްލަ 300 ޙައްޖުވެރިން މަދީނާއަށް ވަނީ ޒިޔާރަތްކޮށްފައެވެ. ޙައްޖުވެރިން މަދީނާއިން މައްކާއަށް އެނބުރި ވަޑައިގަތުމަށް ހަމަޖެހިފައިވަނީ 5 ސެޕްޓެމްބަރ 2015 ވާ ހޮނިހިރު ދުވަހުގައެވެ. މަދީނާއަށް ޒިޔާރަތް ކުރި ޙައްޖުވެރިން މަދީނާގެ މުހިންމު ތަންތަނަށް ޒިޔާރަތް… ތަފްސީލް
މޯލްޑިވްސް ޙައްޖު ކޯރޕަރޭޝަންގެ ހަވާލުގައި 1436 ވަނަ އަހަރުގެ ރަމަޟާންމަހު ޢުމްރާގެ އަޅުކަން ކުރުމަށްދާ މީހުން މިއަދު ފުރަން ފަށައިފއެވެ. މިކަމާއި ގުޅޭގޮތުން މައުލޫމާތު ދެއްވަމުން އެކޯޕަރޭޝަންއިން ވިދާޅުވީ އެފަރާތުގެ ހަވާލުގައި ޢުމްރާއަށް ދާ ފުރަތަމަ ގުރޫޕް މިއަދު ސްރީލަންކަން އެއަރލައިންގެ ފްލައިޓުން ފުރާފައިވާ ކަމަށާއި ދެވަނަ ގުރޫޕް ފުރުމަށް ހަމަޖެހިފައިވަނީ ޖުލައި 03 ވާ ހުކުރު ދުވަހު ކަމަށެވެ. މއަދު ފުރާފައިވަނީ 207 މީހުން ނެވެ. މމީހުން މާލެ… ތަފްސީލް
ހައްޖާއި ޢުމްރާގެ އަޅުކަން އަދާކުރުމަށްދާ ފަރާތްތަކަށް ޙާއްސަކޮށްގެން ހާއްސަ ކިޓެއް މޯލްޑިވްސް ހައްޖު ކޯރޕަރޭޝަންއިން ތަޢާރަފް ކޮށްފިއެވެ. މިކިޓު ތަޢާރަފްކުރުމަށް ރޭ ސަލްސާ ރޯޔަލް ރެސްޓޯރެންޓްގައި ބޭއްވި ހަފްލާގައި މިކިޓް ތަޢާރަފްކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތުމަތު އިބްރާހިމްއެވެ. ހައްޖާއި އުމްރާއަށް ހާއްސަ މިކިޓުގައި ފޮއްޓަކާއި އިހްރާމް ހެދުމާއި ފައިވާނާއި މޯބައިލް ފޯނާއި ފައިސާ ފަދަ ތަކެތި ފަސޭހަ އިން ގެންގުޅޭ ގޮތަށް ތައްޔާރުކޮށްފައިވާ އަތްމަތީ ދަބަހަކާއި ލުއިކާނާ އަޅާ ފޮށްޓަކާއި… ތަފްސީލް
މޯލްޑިވްސް ޙައްޖު ކޯރޕަރޭޝަންއިން މިރަމަޟާންމަހުގައި މައްކާގެ ބިމުގައި އަޤީޤާ ކަތިލުމަށް ބޭނުންވާ ފަރާތްތަކަށް އެކަމުގެ އިންތިޒާމްތައް ހަމަޖައްސައިދިނުމަށް ނިންމައިފިއެވެ. މިކަމާ ގުޅޭގޮތުން އެކޯރޕަރޭޝަންއިން ހާމަކޮށްފައިވާ ގޮތުގައި މައިން ބަފައިންނާއި ބެލެނިވެރިންގެ ތެރެއިން، މާތްވެގެންވާ މައްކާގެ ބިމުގައި ޢަޤީޤާ ކަތިލަން ބޭނުންވާ ފަރާތްތަކަށް މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން މެދުވެރިކޮށް ޢަޤީޤާ ކަތިލުމުގެ އިންތިޒާމު ހަމަޖެއްސިދާނެ ކަމަށާއި އެގޮތުން އަޤީޤާ ކަތިލުމަށް އެދޭ ފަރާތުން ޢަޤީޤާކަތިލުމަށްއެދޭ ފޯމާއި، ފޯމުގައި ބަޔާންކުރެވިފައިވާ ތަކެތި02 ޖުލައި2015… ތަފްސީލް