މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ ޓީމެއް ހއ އަތޮޅުގެ ބައެއް ރަށްރަށަށް ކުރާ ދަތުރެއްގައި މިއަދު ފުރައިފިއެވެ. މި ދަތުރުގެ މައިގަޑު ބޭނުމަކީ ޙައްޖު ކޯޕަރޭޝަނުގެ ޚިދުމަތްތަކުގެ މަޢުލޫމާތު އަތޮޅުގެ ރައްޔިތުންނާއި ހިއްސާކުރުމެވެ. ހަމައެއާއި އެކު ޙައްޖު ކޯޕަރޭޝަންގެ ހަވާލުގައި ޙައްޖާއި ޢުމްރާއަށް ދިޔުމަށް އެދޭ ފަރާތްތައް ކޯޕަރޭޝަންގައި ރަޖިސްޓްރީކުރުމާއި ފައިސާ ބަލައިގަތުންވެސް މިދަތުރުގައި އޮންނާނެއެވެ. ހއ އަތޮޅުން ޓީމް ޒިޔާރަތްކުރާ ރަށްތަކަކީ ދިއްދޫ، ހޯރަފުށި އަދި އިހަވަންދޫއެވެ. މީގެ އިތުރުން… ތަފްސީލް
ޙައްޖު ކޯޕަރޭޝަން އިން ކުރިއަށް އޮތް 3 އަހަރު ޙައްޖަށް ދިއުމަށް ޖާގަ ލިބިފައިވާ ފަރާތްތަކުގެ ލިސްޓް އާންމުކޮށްފިއެވެ.   މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުގައި ރަޖިސްޓްރީވެ ޙައްޖަށް ދިޔުމަށް ފައިސާ ދައްކާފައިވާ ފަރާތްތައް ޙައްޖަށް ދިޔުމަށް ފުރުޞަތު ލިބޭ އަހަރު އަންގައިދޭ ލިސްޓް މިހާރު ވާނީ މި ކޯޕަރޭޝަންގެ ވެބްސައިޓްގައި އާއްމު ކުރެވިފައެވެ. މިލިސްޓް ތަރުތީބު ކުރެވިފައިވަނީ ޙައްޖު ކޯޕަރޭޝަނުން ޚިދުމަތް ހޯދުމުގެ އުޞޫލަށް ރިޢާޔަތްކޮށް ޙައްޖަށް ދިޔުމަށް ފައިސާ… ތަފްސީލް
އަޔާދީ ތަކާފުލްގެ ހެލްތް ސްކީމްގެ ދަށުން މިއަހަރުގެ ޙައްޖުގައި 265 މީހަކަށް ސައުދީގައި ފަރުވާ ދީފައިވާނެއެވެ. ޙައްޖުގެ ދަތުރުމަތީގައި ސިއްހީ މަސައްލައެއް ދިމާވެއްޖެ ނަމަ ހިލޭ ބޭސްފަރުވާ ވެސް ފޯރުކޮށްދޭ ސްކީމްގެ ތެރެއިން މިއަހަރުގެ ޙައްޖުގައި އެތައް ބަޔަކަށް ހިދުމަތް ދީފައިވާއިރު އިތުރު ސްކީމްތައްވެސް ޙައްޖު ކޯޕަރޭޝަނާއި ގުޅިގެން އަޔާދީ ތަކާފުލް އިން ވަނީ ހައްޖުވެރިންނަށް ތައާރަފްކޮށްފައެވެ. ހެލްތު ސްކީމްގެ އިތުރުން ދާއިމީ ނުކުޅެދުންތެރިކަމެއް ދިމާވުން ނުވަތަ މަރުވުން ފަދަ… ތަފްސީލް
އިސްލާމިކް ބޭންކިން، ފައިނޭންސް އިންޑަސްޓްރީގެ ދެ ވަނަ ކޮންފަރެންސްގެ ކީ ސްޕޮންސާރ އަކީ މޯލްޑިވްސް ހައްޖު ކޯޕަރޭޝަން އެވެ. ޔޫޓީއޯ އެޑިއު ކޮންސަލްޓް އިން އިންތިޒާމް ކުރާ މިކޮންފަރެންސްގައި ރާއްޖޭގައި ހަރަކާތްތެރިވާ އިސްލާމިކް ފައިނޭންސް ކުންފުނިތައް ބައިވެެފައިވެއެވެ. މި ކޮންފަރެންސްގައި މަޝްވަރާ ކުރެވިފައިވަނީ ރާއްޖޭގެ އިސްލާމިކް ފައިނޭންސް އިންޑަސްޓްރީ ހަރުދަނާކޮށް ފުޅާ ކުރުމަށް ކުރެވޭނެ ކަންކަމާ ބެހޭގޮތުންނެވެ. އަދި މި ކޮންފަރެންސްގައި ބައިވެރިވި އެކި ކުންފުނިތަކާއި މުއައްސަސާތަކުގެ އިސްވެރިން ވާހަކަ… ތަފްސީލް
މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ ހަވާލުގައި ދިޔަ ހުރިހާ ހައްޖުވެރިން ރާއްޖެ އަތުވެއްޖެއެވެ. ޙައްޖު ކޯޕަރޭޝަންގެ ހަވާލުގައި ދިޔަ ޙައްޖުވެރިން ރާއްޖެ އަންނަން ފަށާފައިވަނީ 28 ސެޕްޓެމްބަރު ވީ އާދިއްތަ ދުވަހުން ފެށިގެންނެވެ. ފުރަތަމަ ފްލައިޓްގައި 290 ޙާޖީން ރާއްޖެއައިސްފައިވާއިރު އެންމެ ފަހު ފްލައިޓް އައިސްފައިވަނީ 3 އޮކްޓޯބަރ ގެ ހެނދުނު ގައެވެ. އެފްލައިޓުން އައިސްފައިވަނީ ޙައްޖު ކޯޕަރޭޝަންގެ 51 ޙާޖީއެކެވެ. ހައްޖު ކޯޕަރޭޝަނުގެ ޙާޖީން ރާއްޖެެއައިސްފައިވަނީ ރާއްޖެއިން މައްކާއަށް ދިޔަ… ތަފްސީލް
ޖިއްދާ އެއާރޕޯޓްގެ ލަގެޖް ބެލްޓްތަކަށާއި ޗެކިންގ ސިސްޓަމަށް ދިމާވި މައްސަލަތަކާއި ގުޅިގެން 1436ހ ވަނަ އަހަރުގެ ހައްޖުގެ އަޅުކަން އަދާކުރުމަށް ވަޑައިގެން ތިއްބެވި ދިވެހި ޙައްޖާޖީން އައުމަށް ހަމަޖެހިފައިވާ ފްލައިޓްތަކުގެ ޝެޑިއުލްއަށް ވަނީ ވަރަށް ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. މި މައްސަލައާއި ގުޅިގެން މެގަ މޯލްޑިވްސް އެއާރލައިނުން ވަނީ ޙައްޖު ކޯޕަރޭޝަންގެ ޙައްޖާޖީންގެ ކެއުން އަދި ހުރުމުގެ އިންތިޒާމް ޖިއްދާގެ ހޮޓަލެއްގައި ހަމަޖައްސަވާ ދެއްވާފައެވ. މީގެ އިތުރުން މައްކާއިން ޖިއްދާއަށް… ތަފްސީލް
ޙައްޖުގެ އަޅުކަމަށް ފަހު އެނބުރި އަންނަ ފަރާތްތަކަށް ޚާއްސަކޮށްގެން ރޯގާއަށް ފަރުވާ ކުރާ ކްލިނިކް ތަކެއް އައިޖީއެމް ހޮސްޕިޓަލްތަކުގައާއި އަތޮޅު ހޮސްޕިޓަލް އަދި ރީޖަނަލް ހޮސްޕިޓަލުތަކުގައި ހުޅުވައިފިއެވެ. މި ކްލިނިކްގެ ހިދުމަތް ލިބިގެންދާނީ ސެޕްޓެމްބަރ މަހުގެ 29 ވަނަ ދުވަހުން ފެށިގެން އޮކްޓޯބަރ މަހުގެ 20 ވަނަ ދުވަހާ ހަމައަށެވެ. ހައްޖާޖީންގެ ތެރެއިން ހުންއައުން، ކެއްސުން، ނޭވާލުމަށް އުނދަގޫވުން ފަދަ އަލާމާތްތައް ހުންނަ ފަރާތްތަކަށް ޚިދުމަތް ދިނުމަށް ހަމަޖެހިފައިވާ ހެލްތް… ތަފްސީލް
މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ ފަރާތުން ޙައްޖުގެ އަޅުކަން އަދާކުރުމަށް މައްކާ އަށް ވަޑައިގެން ޙައްޖުވެރިން ޙައްޖު ފުރިހަމަކުރުމަށް ފަހު ރާއްޖެ އަންނަން ފަށާނީ 28 ސެޕްޓެމްބަރުން ފެށިގެންނެވެ. ހައްޖު ކޯޕަރޭޝަނުގެ ޙާޖީން ރާއްޖެެއައުމަށް ހަމަޖެހިފައިވަނީ ރާއްޖެއިން މައްކާއަށް ދިޔަ ތަރުތީބުންނެވެ. އެގޮތުން އެންމެ ފުރަތަމަ ރާއްޖެ އަންނާނީ ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި އެންމެ ފުރަތަމަ ދިޔަ 290 މީހުންނެވެ. އެގޮތުން ހުރިހާ ޙާޖީން ރާއްޖެއައިސް ނިމޭނީ 03 އޮކްޓޯބަރު ގައެވެ.… ތަފްސީލް
ޙައްޖު ކޯޕަރޭޝަންގެ ފަރާތުން ޙައްޖަށް ދިޔަ މީހަކު ނިޔާވެއްޖެއެވެ. މިއަހަރުގެ ހައްޖުގެ އަޅުކަން އަދާކުރުމަށް މައްކާއަށް ގޮސް ހުރި މީހަކު ނިޔާވީ އައިސީޔޫގައި ފަރުވާދެމުން ދަނިކޮށް ރޭ މައްކާގައެވެ. "ރޭ މެންދަމުން އަލިވެ، ތިނެއް ޖަހާ އެހާކަށް ހާއިރު ނިޔާވެފައި ވަނީ އދ. މަހިބަދޫ، ވީވަރު ޤާސިމް މުޙައްމަދު، 77" ޙައްޖު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ ޔާމީން އިދްރީސް ވިދާޅުވިއެވެ. ޤާސިމް މުޙައްމަދު ނިޔާވީ މައްކާގެ ކިންގް ފައިސަލް ހޮސްޕިޓަލްގެ… ތަފްސީލް
އަޤީޤާ އާއި ސަދަގާތުގެ ގޮތުގައި 254 ބަކަރި ކަތިލައިފިއެވެ. މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންއަށް އަގީގާ އާއި ސަދަގާތުގެ ގޮތުގައި ކަތިލުމަށް އެކި ފަރާތްތަކުން ހަވާލުކުރި 254 ބަކަރި ކަތިލާފައިވަނީ މިއަދުއެވެ. ޙައްޖު ކޯޕަރޭޝަން އިން ބަކަރިއެއް ކަތިލުމަށް ނަގާފައިވަނީ 150 ޑޮލަރެވެ. އަޤީޤާ އާއި ސަދަގާތުގެ ގޮތުގައި ބަކަރި ކަތިލުމަށްފަހު އޭގެ މަސްތައް ފަގީރުންނަށް ބެހުމުގެ އިންތިޒާމް ހަމަޖައްސާނީ ކަމާއި ބެހޭ ފަރާތްތަކުންނެވެ. ތަފްސީލް

HajjCorp

HajjCorp