ޙައްޖު ކޯޕަރޭޝަންގެ ޙިދުމަތް ހޯދުމާއި ބެހޭ އުޞޫލަށް ގެނެވުނު އިޞްލާޙުގެ ދަށުން ކޮންމެ އަހަރަކުވެސް މި ކޯޕަރޭޝަނަށް ލިބޭ ކޯޓާގެ ތެރެއިން %5 ޖާގަ ބޮޑެތި ބަލިތަށް ތަހައްމަލްކުރާ ފަރާތްތަކަށް ޚާއްސަ ކުރުމަށް ވަނީ ނިންމާފައެވެ. މި އުޞޫލުގެ ބޭނުމަށް ބޮޑެތި ބަލިތަކުގެ ގޮތުގައި ބެލެވޭނީ ފުރާނަ އަށް ނުރައްކާވާފަދަ ބަލިތައް ތަހައްމަލްކުރަމުންދާ ފަރާތްތަކެވެ. މިފަދަ ފަރާތްތަކުން ލިއުމާއިއެކު ، މި ކޯޕަރޭޝަނުން ކޮންމެ ހައްޖު މޫސުމަކާއި ދިމާކޮށް މި… ތަފްސީލް
18 ނޮވެމްބަރު 2019 ވަނަ ދުވަހުގެ 2:00 ސުންމިނެޓުގައި މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް (އެމް.އެޗް.ސީ.އެލް) އިން ވަނީ އެ ކުންފުނީގެ 2018 ވަނަ އަހަރުގެ ޢާންމު ޖަލްސާ ބާއްވާފައެވެ. މި ޖަލްސާގައި އެމް.އެޗް.ސީ އެލްގެ ބޯޑު މެންބަރުންގެ އިތުރުން ކުންފުނީގެ ސައްތައިން ސައްތަ ހިއްސާދާރުގެ ހައިސިއްޔަތުން ސަރުކާރު ތަމްސީލްކުރެއްވީ މިނސްޓްރީ އޮފް ސްޓޭޓް ފޮރ ފިނޭންސް އަލްފާޟިލް އިސްމާޢީލް ޢަލިމަނިކެވެ. މި ޖަލްސާގައި 2018 ވަނަ އަހަރު ކުންފުނި… ތަފްސީލް
ނޫސް ބަޔާން މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑްއަށް، އިސްލާމިކް މިނިސްޓްރީން ކަނޑައެޅި 2 ވަނަ ކޯޓާގައި، ލިބޭ ޖާގަ އާ މެދު ޢަމަލުކުރުމަށް ކަނޑައެޅިފައިވާގޮތް ތިރީގައި ބަޔާން ކުރެވިފައި އެވަނީއެވެ. މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން ޚިދުމަތް ހޯދުމާ ބެހޭ އުޞޫލުގައި ޝާޢިއު ކޮށްފައިވާ ގޮތަށް ތަރުތީބުން ޖާގަ ދޫކުރެވޭނެއެވެ. ޖާގަ ދުކުރެވޭ ފަރާތްތަކުގެ ލިސްޓު ޙައްޖު ކޯޕަރޭޝަންގެ ވެބްސައިޓް http://mhcl.mv ގައި ޝާޢިއު ކުރެވިފައިވާނެއެވެ. ޖާގަ ލިބޭ ފަރާތްތަކަށް ޙައްޖު… ތަފްސީލް
  ޙައްޖު ކޯޕަރޭޝަނުން 10 ޖުލައި 2019 ވަނަ ދުވަހުގެ ހެނދުނު ބޭއްވި ސޮއެކުރުމުގެ ޙަފްލާގައި ވަނީ އެ ކޯޕަރޭޝަންގެ ޚިދުމަތްތައް މާކެޓްކޮށް ފުޅާކުރުމަށްޓަކައި ހޮވިފައިވާ އޭޖެންޓުންނާއެކު އެއްބަސްވުމުގައި ސޮއިކޮއްފައެވެ. އެއްބަސްވުން ސޮއިކުރެވިފައިވަނީ މީޑިއާގެ ހާޒިރުގައެވެ. ސޮއެކުރުމުގެ ޙަފްލާ ނިންމާލުމަށްފަހު ޙައްޖު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އިސްމާއިލް ޙާމީދު ވަނީ މީޑިއާ ބޭފުޅުންނާއި ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން އޭޖެންޓުން އައްޔަންކުރުމުގެ މަޤްޞަދަކީ ރައްޔިތުންނަށް ޙައްޖު ކޯޕަރޭޝަންގެ ޚިދުމަތްތަކާއި މަޢުލޫމާތު ލުއިފަސޭހަކަމާއެކު… ތަފްސީލް
މި ކޯޕަރޭޝަނުން ޙައްޖަށް ދިއުމަށް ޖާގަ ދިނުމުގައި އަމަލު ކުރަމުން ގެންދަނީ މި ކޯޕަރޭޝަނުގެ ވެބްސައިޓުގައި ޝާއިޢު ކުރެވިފައިވާ "މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން ޚިދުމަތް ހޯދުމާއިބެހޭ އުސޫލް" އާއި އެއްގޮތްވާ ގޮތުގެ މަތިންނެވެ. މި އުޞޫލް އަޅުގަނޑުމެންގެ ރަސްމީ ވެބްސައިޓް http://mhcl.mv "ޚިދުމަތްތައް" މި ޓެބްގެ ދަށުން ޢާންމުކޮށް ކިޔާލެވޭނެހެން ޝާއިއުކުރެވިފައި ހުންނާނެއެވެ. މިގޮތުން ޙައްޖަށް ދިއުމަށް ޖާގަ ދެވޭނީ މި ކޯޕަރޭޝަންގައި ރަޖިސްޓްރީވެ، ޙައްޖުގެ ޖުމްލަ އަގުގެ %75… ތަފްސީލް
ފަރުޟު ޙައްޖުގެ އަޅުކަން އަދާކުރުމަށް ފައިސާ ދޫކުރުމާއި ގުޅޭގޮތުން މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑާ ޕެންޝަން އޮފީހާއި ދެމެދު 18 ޖޫން 2019 ވީ އަންގާރަ ދުވަހު  އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގެ މަޤްޞަދަކީ ފަރުޟު ޙައްޖުވުމަށް މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމުން ފައިސާ ދައްކަން އެދޭ ފަރާތްތަކަށް އެ ފުރުޞަތު ފަހިކޮށްދިނުމެވެ. މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑުގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އިސްމާއިލް ޙަމީދެވެ. ޕެންޝަން… ތަފްސީލް
ޙައްޖާއި ޢުމްރާ ދަތުރުތަކުގައި ޑޮކްޓަރުންނާއި ނަރުހުންގެ އެހީތެރިކަން ފޯރުކޮށްދިނުމާއި ބެހޭގޮތުން އައި.ޖީ.އެމް.އެޗް އާއި ޙައްޖު ކޯޕަރޭޝަނާއި ދެމެދު އެމް.އޯ.ޔޫ އެއްގައި ވަނީ 10 ޖޫން 2019 ގައި ސޮއެކުރެވިފައެވެ. މި އެމް.އޯ.ޔޫ ގައި އައި.ޖީ.އެމް.އެޗްގެ ފަރާތުން ސޮއެކުރެއްވީ އެ ހޮސްޕިޓަލްގެ ޗީފް އެކްޒްކެޓިވް އޮފިސަރ އިބްރާހިމް ސަލީމެވެ. އަދި މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ ފަރާތުން ސޮއެކުރެއްވީ އެ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އިސްމާޢިލް ހަމީދެވެ. މި އެއްބަސްވުމުގެ ސަބަބުން ޙައްޖާއި ޢުމްރާގައި ދާ ފަރާތްތަކަށް ސިއްޙީ ހިދުމަތް ފޯރުކޮށްދިނުމަށް ފަސޭހަވެގެންދާނެއެވެ. ތަފްސީލް
04 ފެބްރުއަރީ 2018 ވަނަ ދުވަހުން ފެށިގެން މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ ރަސްމީ މަސައްކަތު ގަޑިއަށާއި ކުންފުނިން ޢާންމުންނަށް ޚިދުމަތް ފޯރުކޮށްދޭ ގަޑިތަކަށް ވަނީ ބަދަލު ގެނެވިފައެވެ. އެގޮތުން، މި ކޯޕަރޭޝަންގެ އޮފީސް ހުޅުވިފައި ހުންނާނީ ހެނދުނު 08:00 ން މެންދުރުފަހު 02:30 ގެ ނިޔަލަށެވެ. އަދި ކޯޕަރޭޝަންގެ ޚިދުމަތްތަކަށް ރަޖިސްޓްރީ ކުރުމާއި ފައިސާ ބަލައިގަތުން ކުރިއަށްދާނީ ރަސްމީ މަސައްކަތު ދުވަސްތަކުގެ ހެނދުނު 8:00 ން މެންދުރު 12:30 އަށެވެ. ތަފްސީލް
މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑްގެ ފަރާތުން މިއަހަރުގެ މާރިޗް މަހު ކުރުމަށް ހަމަޖެހިފައިވާ ޢުމްރާ ދަތުރަށް ރަޖިސްޓްރީ ވުމާއި، ފައިސާ ބަލައިގަތުމުގެ މުއްދަތު އިތުރުކޮށްފިއެވެ. އެގޮތުން، މި ޢުމްރާއަށް ރަޖިސްޓްރީ ކުރުމާއި ފައިސާ ބަލައިގަތުން މި ހިނގާ ފެބްރުއަރީ މަހުގެ 22 ވަނަ ދުވަހުގެ މެންދަރު 12:30 ގެ ނިޔަލަށް ކުރިއަށް ދާނެއެވެ. ދެ ޢުމްރާ ކުރުމުގެ ފުރުޞަތާއެކު، ސަޢުދީ ޢަރަބިއްޔާގެ މައްކާ އަދި މަދީނާއަށް ކުރެވޭ 10 ދުވަހުގެ… ތަފްސީލް
މާރިޗު 2018 ގެ ޢުމްރާ ދަތުރުގައި ހިލޭ ސާބަހަށް މަސައްކަތްކޮށްދޭނެ ފަރާތްތައް ހޯދުމަށް އިއުލާންކޮށްފިއެވެ. މި އަހަރުގެ މާރިޗު 2018 ގެ ޢުމްރާ ދަތުރުގައި ހިލޭ ސާބަހަށް މަސައްކަތްކުރާނެ ފަރާތްތަކެއް ހޯދުމަށް އިއުލާންކޮށްފައިވަނީ 2 ދާއިރާއަކުން ޢުމްރާ ދަތުރުގައި ހިލޭ ސާބަހަށް މަސައްކަތްކުރާ ފަރާތްތައް ހޯދުމަށެވެ. އެދާއިރާތަކާއި ބޭނުންވާ އަދަދު ތިރީގައި އެވަނީއެވެ. 2 ކައްކާ 2 ސަޕޯޓް ސާރވިސް އޮފިސަރ ހިލޭސާބަހަށް މަސައްކަތްކޮށްދިނުމަށް އެދި ހުށަހަޅާ ފޯމު ޙައްޖު ކޯޕަރޭޝަނުގެ ވެބްސައިޓު www.mhcl.mv އިން ލިބޭނެކަމަށެވެ.… ތަފްސީލް