"ފަހެލި" ނަމުގައި އޮންލައިން ޕޯޓަލްއެއް އިފްތިތާހުކޮށްފި އެވެ. އިސްލާމީ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތެއްގައި މި ޕޯޓަލް އިފްތިތާހުކޮށް ދެއްވީ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދެވެ. "ފަހެލި" ނަމުގައި މޯލްޑިވްސް ހައްޖު ކޯޕަރޭޝަން އިން ތަޢާރަފްކުރި މިޕޯޓަލް އަކީ ހައްޖާއި އުމްރާ އަށް ދާން ބޭނުންވާ ފަރާތްތަކަށް އޮންލައިންކޮށް ފައިސާ ދެއްކޭނެ ޕޯޓަލްއެކެވެ. މިޕޯޓަލްގެ ސަބަބުން ހައްޖު ކޯޕަރޭޝަންގެ ހިދުމަތްތައް ފަސޭހަކަމާއެކު ފޯރުކޮށްދިނުމަށް ފަހިކޮށްދެވޭނެއެވެ. އްޖު ކޯޕަރޭޝަންގެ ޕޯޓަލްއިން ލިބޭ… ތަފްސީލް
ޙައްޖު ކޯޕަރޭޝަން އިން 1441 ވަނަ އަހަރު ޙައްޖަށް ދިއުމަށް ޖާގަ ލިބިފައިވާ ފަރާތްތަކުގެ ލިސްޓް އާންމުކޮށްފިއެވެ. މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުގައި ރަޖިސްޓްރީވެ ޙައްޖަށް ދިޔުމަށް ފައިސާ ދައްކާފައިވާ ފަރާތްތަކުގެ ތެރެއިން 1441 ވަނަ އަހަރު ޙައްޖަށް ދިޔުމަށް ފުރުޞަތު ލިބޭ ފަރާތްތައް އަންގައިދޭ ލިސްޓް މިހާރު ވާނީ މި ކޯޕަރޭޝަންގެ ވެބްސައިޓްގައި އާއްމު ކުރެވިފައެވެ. މިލިސްޓް ތަރުތީބު ކުރެވިފައިވަނީ ޙައްޖު ކޯޕަރޭޝަނުން ޚިދުމަތް ހޯދުމުގެ އުޞޫލަށް ރިޢާޔަތްކޮށް ޙައްޖަށް… ތަފްސީލް
މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ ހަވާލުގައި މިއަހަރުގެ ރަމަޟާން މަހު ޢުމްރާގެ އަޅުކަން އަދާ ކުރުމަށް ދާ ފުރަތަމަ ގްރޫޕް 1 ރަމަޟާން ވީ ހޯމަ ދުވަހު ވަނީ ފުރާފައެވެ. ޢުމްރާވެރިން ސަޢުދީގައި ހޭދަކުރާނީ ރަމަޟާން މަހުގެ ފުރަތަމަ ދިހަ ދުވަހެވެ. ކޯޕަރޭޝަންގެ އެހެނިހެން ޢުމްރާ ދަތުރުތަކެކޭ އެއްގޮތަށް މި ދަތުރުގައިވެސް ދެ ޢުމްރާ ކުރުމުގެ އިތުރުން މައްކާއާއި މަދީނާގެ އިސްލާމީ ތާރީޚީ ތަންތަނަށް ޒިޔާރާތް ކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މި… ތަފްސީލް
މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ ޚިދުމަތްތައް ލުއިފަސޭހަ ގޮތެއްގައި ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ ގޮތުން 05 ޖޫން 2016 ވީ އާދިއްތަ ދުވަހު ވަނީ މޯލްޑިވްސް އިސްލާމިކް ބޭންކް މެދުވެރިކޮށް ކޯޕަރޭޝަންގައި ރެޖިސްޓްރީވެ ފައިސާ ދެއްކުމުގެ ޚިދުމަތް ތަޢާރަފްކުރެވިފައެވެ. ސެންޓަރަލް ހޮޓެލްގައި ބޭއްވި ރަސްމިއްޔާތުގައި މި ޚިދުމަތް އިފްތިތާޙްކޮށްދެއްވީ މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އޮނަރަބަލް އަލްފާޟިލް އަބްދުﷲ ޖިހާދެވެ. ޙައްޖު ދަތުރަށް ރަޖިސްޓްރީވުމުގެ އިތުރުން ޢުމްރާ ދަތުރުތަކަށް ފައިސާ ދެއްކުމާއި… ތަފްސީލް
މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ ޓީމެއް ހއ އަތޮޅުގެ ބައެއް ރަށްރަށަށް ކުރާ ދަތުރެއްގައި މިއަދު ފުރައިފިއެވެ. މި ދަތުރުގެ މައިގަޑު ބޭނުމަކީ ޙައްޖު ކޯޕަރޭޝަނުގެ ޚިދުމަތްތަކުގެ މަޢުލޫމާތު އަތޮޅުގެ ރައްޔިތުންނާއި ހިއްސާކުރުމެވެ. ހަމައެއާއި އެކު ޙައްޖު ކޯޕަރޭޝަންގެ ހަވާލުގައި ޙައްޖާއި ޢުމްރާއަށް ދިޔުމަށް އެދޭ ފަރާތްތައް ކޯޕަރޭޝަންގައި ރަޖިސްޓްރީކުރުމާއި ފައިސާ ބަލައިގަތުންވެސް މިދަތުރުގައި އޮންނާނެއެވެ. ހއ އަތޮޅުން ޓީމް ޒިޔާރަތްކުރާ ރަށްތަކަކީ ދިއްދޫ، ހޯރަފުށި އަދި އިހަވަންދޫއެވެ. މީގެ އިތުރުން… ތަފްސީލް
ޙައްޖު ކޯޕަރޭޝަން އިން ކުރިއަށް އޮތް 3 އަހަރު ޙައްޖަށް ދިއުމަށް ޖާގަ ލިބިފައިވާ ފަރާތްތަކުގެ ލިސްޓް އާންމުކޮށްފިއެވެ.   މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުގައި ރަޖިސްޓްރީވެ ޙައްޖަށް ދިޔުމަށް ފައިސާ ދައްކާފައިވާ ފަރާތްތައް ޙައްޖަށް ދިޔުމަށް ފުރުޞަތު ލިބޭ އަހަރު އަންގައިދޭ ލިސްޓް މިހާރު ވާނީ މި ކޯޕަރޭޝަންގެ ވެބްސައިޓްގައި އާއްމު ކުރެވިފައެވެ. މިލިސްޓް ތަރުތީބު ކުރެވިފައިވަނީ ޙައްޖު ކޯޕަރޭޝަނުން ޚިދުމަތް ހޯދުމުގެ އުޞޫލަށް ރިޢާޔަތްކޮށް ޙައްޖަށް ދިޔުމަށް ފައިސާ… ތަފްސީލް
  • IMG_7361
  • IMG_7384
  • IMG_7199
  • IMG_7223
  • IMG_7254
  • IMG_7258
  • IMG_7266
  • IMG_7301
ތަފްސީލް
އަޔާދީ ތަކާފުލްގެ ހެލްތް ސްކީމްގެ ދަށުން މިއަހަރުގެ ޙައްޖުގައި 265 މީހަކަށް ސައުދީގައި ފަރުވާ ދީފައިވާނެއެވެ. ޙައްޖުގެ ދަތުރުމަތީގައި ސިއްހީ މަސައްލައެއް ދިމާވެއްޖެ ނަމަ ހިލޭ ބޭސްފަރުވާ ވެސް ފޯރުކޮށްދޭ ސްކީމްގެ ތެރެއިން މިއަހަރުގެ ޙައްޖުގައި އެތައް ބަޔަކަށް ހިދުމަތް ދީފައިވާއިރު އިތުރު ސްކީމްތައްވެސް ޙައްޖު ކޯޕަރޭޝަނާއި ގުޅިގެން އަޔާދީ ތަކާފުލް އިން ވަނީ ހައްޖުވެރިންނަށް ތައާރަފްކޮށްފައެވެ. ހެލްތު ސްކީމްގެ އިތުރުން ދާއިމީ ނުކުޅެދުންތެރިކަމެއް ދިމާވުން ނުވަތަ މަރުވުން ފަދަ… ތަފްސީލް
އިސްލާމިކް ބޭންކިން، ފައިނޭންސް އިންޑަސްޓްރީގެ ދެ ވަނަ ކޮންފަރެންސްގެ ކީ ސްޕޮންސާރ އަކީ މޯލްޑިވްސް ހައްޖު ކޯޕަރޭޝަން އެވެ. ޔޫޓީއޯ އެޑިއު ކޮންސަލްޓް އިން އިންތިޒާމް ކުރާ މިކޮންފަރެންސްގައި ރާއްޖޭގައި ހަރަކާތްތެރިވާ އިސްލާމިކް ފައިނޭންސް ކުންފުނިތައް ބައިވެެފައިވެއެވެ. މި ކޮންފަރެންސްގައި މަޝްވަރާ ކުރެވިފައިވަނީ ރާއްޖޭގެ އިސްލާމިކް ފައިނޭންސް އިންޑަސްޓްރީ ހަރުދަނާކޮށް ފުޅާ ކުރުމަށް ކުރެވޭނެ ކަންކަމާ ބެހޭގޮތުންނެވެ. އަދި މި ކޮންފަރެންސްގައި ބައިވެރިވި އެކި ކުންފުނިތަކާއި މުއައްސަސާތަކުގެ އިސްވެރިން ވާހަކަ… ތަފްސީލް