މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ ފަރާތުން ރަމަޟާން މަހު ޢުމްރާއަށްދާ ފުރަތަމަ ގްރޫޕް ފުރައިފި

މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ ހަވާލުގައި މިއަހަރުގެ ރަމަޟާން މަހު ޢުމްރާގެ އަޅުކަން އަދާ ކުރުމަށް ދާ ފުރަތަމަ ގްރޫޕް 1 ރަމަޟާން ވީ ހޯމަ ދުވަހު ވަނީ ފުރާފައެވެ. ޢުމްރާވެރިން ސަޢުދީގައި ހޭދަކުރާނީ ރަމަޟާން މަހުގެ ފުރަތަމަ ދިހަ ދުވަހެވެ. ކޯޕަރޭޝަންގެ އެހެނިހެން ޢުމްރާ ދަތުރުތަކެކޭ އެއްގޮތަށް މި ދަތުރުގައިވެސް ދެ ޢުމްރާ ކުރުމުގެ އިތުރުން މައްކާއާއި މަދީނާގެ އިސްލާމީ ތާރީޚީ ތަންތަނަށް ޒިޔާރާތް ކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

މި ދަތުރުގެ ހުރުން ހަމަޖެހިފައިވަނީ ޙަރަމްފުޅާއި ކައިރި ހިސާބެއްގެ ހޮޓަލެއްގައެވެ. އަދި ރަމަޟާން މަހަށް ޚާއްސަ ދިވެހި ކެއުން ޢުމްރާވެރީންނަށް ފޯރުކޮށްދެވެނޭއެވެ.

ދަތުރު ނިންމާ ޢުމްރާވެރިން އެނބުރި މާލެ އައުމަށް ހަމަޖެހިފާވަނީ 16 ޖޫން 2016 ވާ ބުރާސްފަތި ދުވަހުއެވެ.

ކޯޕަރޭޝަންގެ ހަވާލުގައި ފަހު ފަނަރައިގައި ޢުމްރާއަށް ދާ ގްރޫޕް ފުރުމަށް ހަމަޖެހިފައިވަނީ 17 ޖޫން 2016 ގައެވެ.