ޙައްޖު ކޯޕަރޭޝަން އިން ކުރިއަށް އޮތް 3 އަހަރު ޙައްޖަށް ދިއުމަށް ޖާގަ ލިބިފައިވާ ފަރާތްތަކުގެ ލިސްޓް އާންމުކޮށްފި

ޙައްޖު ކޯޕަރޭޝަން އިން ކުރިއަށް އޮތް 3 އަހަރު ޙައްޖަށް ދިއުމަށް ޖާގަ ލިބިފައިވާ ފަރާތްތަކުގެ ލިސްޓް އާންމުކޮށްފިއެވެ.

 

މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުގައި ރަޖިސްޓްރީވެ ޙައްޖަށް ދިޔުމަށް ފައިސާ ދައްކާފައިވާ ފަރާތްތައް ޙައްޖަށް ދިޔުމަށް ފުރުޞަތު ލިބޭ އަހަރު އަންގައިދޭ ލިސްޓް މިހާރު ވާނީ މި ކޯޕަރޭޝަންގެ ވެބްސައިޓްގައި އާއްމު ކުރެވިފައެވެ. މިލިސްޓް ތަރުތީބު ކުރެވިފައިވަނީ ޙައްޖު ކޯޕަރޭޝަނުން ޚިދުމަތް ހޯދުމުގެ އުޞޫލަށް ރިޢާޔަތްކޮށް ޙައްޖަށް ދިޔުމަށް ފައިސާ ދައްކާފައިވާ ތަރުތީބުންނެވެ. އެގޮތުން ޙައްޖު ދަތުރުގެ ޖުމްލަ އަގު އެއްކޮށް ދައްކާ ޚަލާސްކޮށްފައިވާ ފަރާތްތަކާއި ޖުމްލަ އަގުގެ %75 ދައްކާފައިވާ ފަރާތްތައް ފައިސާ ދެއްކި ތަރުތީބުން ވާނީ ލިސްޓްގައި ހިމަނާފައެވެ.

 

މި ކޯޕަރޭޝަނުން ޙައްޖަށް ދިޔުމަށް ފައިސާ ދައްކާފައިވާ ފަރާތްތަކުގެ ތަރުތީބަށް ބަލާއިރު 2016 އަދި 2017 ވަނަ އަހަރަށް ވަނީ ޖާގަތައް ފުރިފައެވެ. މިހާރު ފައިސާ ބަލައިގަންނަމުންދަނީ 2018 ވަނަ އަހަރަށެވެ.

 

 

މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން މެދުވެރިކޮށް 1436 ވަނަ އަހަރު 1300 ފަރާތެއް ޙައްޖަށް ގެންގޮސްފައިވެއެވެ.

 

ކުރިއަށް އޮތް 3 އަހަރު ޙައްޖަށް ދިއުމަށް ޖާގަ ލިބިފައިވާ ފަރާތްތަކުގެ ލިސްޓް ބައްލަވާ!

– 1437 ވަނަ އަހަރު ޙައްޖަށް ދިއުމަށް ޖާގަ ލިބިފައިވާ ފަރާތްތަކުގެ ލިސްޓް

– 1438 ވަނަ އަހަރު ޙައްޖަށް ދިއުމަށް ޖާގަ ލިބިފައިވާ ފަރާތްތަކުގެ ލިސްޓް

– 1439 ވަނަ އަހަރު ޙައްޖަށް ދިއުމަށް ޖާގަ ލިބިފައިވާ ފަރާތްތަކުގެ ލިސްޓް