އަޔާދީ ތަކާފުލްގެ ހެލްތް ސްކީމްގެ ދަށުން މިއަހަރުގެ ޙައްޖުގައި 265 މީހަކަށް ސައުދީގައި ފަރުވާ ދީފައިވާނެ

އަޔާދީ ތަކާފުލްގެ ހެލްތް ސްކީމްގެ ދަށުން މިއަހަރުގެ ޙައްޖުގައި 265 މީހަކަށް ސައުދީގައި ފަރުވާ ދީފައިވާނެއެވެ.

ޙައްޖުގެ ދަތުރުމަތީގައި ސިއްހީ މަސައްލައެއް ދިމާވެއްޖެ ނަމަ ހިލޭ ބޭސްފަރުވާ ވެސް ފޯރުކޮށްދޭ ސްކީމްގެ ތެރެއިން މިއަހަރުގެ ޙައްޖުގައި އެތައް ބަޔަކަށް ހިދުމަތް ދީފައިވާއިރު އިތުރު ސްކީމްތައްވެސް ޙައްޖު ކޯޕަރޭޝަނާއި ގުޅިގެން އަޔާދީ ތަކާފުލް އިން ވަނީ ހައްޖުވެރިންނަށް ތައާރަފްކޮށްފައެވެ. ހެލްތު ސްކީމްގެ އިތުރުން ދާއިމީ ނުކުޅެދުންތެރިކަމެއް ދިމާވުން ނުވަތަ މަރުވުން ފަދަ ހާލަތެއް ދިމާވެއްޖެ ނަމަ 100،000ރ. ބަދަލުގެ ގޮތުގައި އާއިލާއަށް ދޭ ސްކީމްއެއްވެސް ވަނީ ތަޢާރަފްކޮށްފައެވެ. މީގެ އިތުރުން ޗެކިން ކޮށްފައިވާ ފޮށިފަދަ ތަކެތި ގެއްލިފައިވާ ނުވަތަ އަނބުރާ ލިބުމުގައި ލަސްވުމާއި ޕާސްޕޯޓް ގެއްލުމާއި ފައިސާއާއި އަގުހުރި މުދާ ގެއްލޭ ފަރާތްތަކަށް ބަދަލުދެ އެވެ.

ހައްޖުވެރިންނަށް 1000ރ. އަދި އުމްރާވެރިންނަށް 750ރ. ދައްކައިގެން ނެގޭ މި ސްކީމްގައި 100،000ރ. އާ ހަމައަށް ބަދަލު ލިބޭނެ އެވެ.

“އަޔާދީ ތަކާފުލް”އިން ހާއްސަކޮށްގެން ތައާރަފް ކޮށްފައިވާ އިންޝުއަރެންސް ސްކީމްގައި ބައިވެރިވި ހައްޖާޖީންގެ ތެރެއިން ދަތުރުމަތީގައި ފައިސާ އާއި އަގުހުރި ތަކެތި ގެއްލުނު ފަރާތްތަކަށް އެކުންފުނި މެދުވެރިކޮށް ވަނީ ބަދަލު ދީފައެވެ.