ޙައްޖު ކޯޕަރޭޝަން ލިމިޓެޑްގެ 2019 ވަނަ އަހަރުގެ އަހަރީ ޢާންމު ޖަލްސާ ބާއްވައިފި

31 ޑިސެމްބަރ 2020 ވަނަ ދުވަހު 13:30 ގައި މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް (އެމް.އެޗް.ސީ.އެލް) އިން ވަނީ އެ ކުންފުނީގެ 2019 ވަނަ އަހަރުގެ ޢާންމު ޖަލްސާ ބާއްވާފައެވެ. މި ޖަލްސާގައި އެމް.އެޗް.ސީ.އެލް ބޯޑު މެންބަރުންގެ އިތުރުން ކުންފުނީގެ ސައްތައިން ސައްތަ ހިއްސާދާރުގެ ހައިސިއްޔަތުން ސަރުކާރު ތަމްސީލްކުރެއްވީ މިނސްޓްރީ އޮފް ފިނޭންސްގެ ފަރާތުން އައްޔަންކޮށްފައިވާ ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް ރިފޯމް ކޮންސަލްޓަންޓް އަލްފާޟިލް މުޙައްމަދު އާޒާދުއެވެ.

މި ޖަލްސާގައި 2019 ވަނަ އަހަރު ކުންފުނި ހިނގާ ދިޔަ ގޮތުގެ ރިޕޯޓު ހުށަހެޅުމާއި، 2019 ވަނަ އަހަރުގެ ކުންފުނީގެ އޮޑިޓް ރިޕޯޓް ވަނީ ފާސްކުރެވިފައެވެ.