ޙައްޖު ކޯޕަރޭޝަން އިން “ޕްލާސްޓިކް ނޫން ގޮތެއް” ކެމްޕެއިން ލޯންޗްކުރުން

29 ޑިސެމްބަރު 2019 ވަނަ ދުވަހު 13:00 ގައި މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް (އެމް.އެޗް.ސީ.އެލް) އިން ވަނީ “ޕްލާސްޓިކް ނޫން ގޮތެއް” ކެމްޕެއިން ލޯންޗްކޮށްފައެވެ. މި ކެމްޕެއިން ޝަރަފުވެރިކޮށް ހުޅުވައިދެއްވީ މިނިސްޓަރ އޮފް އެންވަޔަރަމަންޓް އޮނަރަބަލް ޑޮކްޓޮރ ޙުސައިން ރަޝީދު ޙަސަންއެވެ. މި ކެމްޕއިންގެ މައިގަނޑު މަޤްޞަދަކީ ސަރުކާރުން އެކުލަވާލާފައިވާ އެއްފަހަރު ބޭނުންކޮށް އެއްލައިލާ ޕްލާސްޓިކް ބޭނުންކުރުން މަދުކުރުމުގެ ސިޔާސަތައް އެއްބާރުލުންދީ އެ ސިޔާސަތު ޙައްޖު ކޯޕަރޭޝައިން ތަންފިޒުކުރުމެވެ. އެގޮތުން ކުންފުނިން ވަނީ ކެމްޕެއިން ބްރޭންޑްކޮށްފައިވާ ބިއްލޫރި ފުޅި ހުރިހާ ސްޓާފުންނަށް ފެން ބުއިމަށް ބޭނުންކުރުމަށްޓަކައި ހަދިޔާކޮށްފައެވެ.

ހަމައެހެންމެ ކުންފުނީގެ އަމަޒަކީ ހުރިހާ ހަރަކާތްތަކެއް ގައިވެސް ޕްލާސްޓިކް ނޫން ތަކެތި ބޭނުންކުރުން ކަމަށް ޙައްޖު ކޯޕަރޭޝަންގެ މެނޭޖިންގ ޑައިރެކްޓަރ އަލްފާޟިލް އިސްމާޢިލް ހަމީދުގެ ވާހަކަފުޅުގައި ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން މި ސިޔާސަތު ތަންފީޒުކުރުމަށް ޙައްޖު ކޯޕަރޭޝަންއިން އެއްބާރުލުން ދެއްވިކަމަށްޓަކައި ޙައްޖު ކޯޕަރޭޝަންގެ މެނޭޖްމަންޓްއަށް އެންވަޔަރަމަންޓް މިނިސްޓަރ ވަނީ ޝުކުރު ދަންނަވާފައެވެ.