ޙައްޖު ކޯޕަރޭޝަން ލިމިޓެޑްގެ 2018 ވަނަ އަހަރުގެ އަހަރީ ޢާންމު ޖަލްސާ ބާއްވައިފި

18 ނޮވެމްބަރު 2019 ވަނަ ދުވަހުގެ 2:00 ސުންމިނެޓުގައި މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް (އެމް.އެޗް.ސީ.އެލް) އިން ވަނީ އެ ކުންފުނީގެ 2018 ވަނަ އަހަރުގެ ޢާންމު ޖަލްސާ ބާއްވާފައެވެ. މި ޖަލްސާގައި އެމް.އެޗް.ސީ އެލްގެ ބޯޑު މެންބަރުންގެ އިތުރުން ކުންފުނީގެ ސައްތައިން ސައްތަ ހިއްސާދާރުގެ ހައިސިއްޔަތުން ސަރުކާރު ތަމްސީލްކުރެއްވީ މިނސްޓްރީ އޮފް ސްޓޭޓް ފޮރ ފިނޭންސް އަލްފާޟިލް އިސްމާޢީލް ޢަލިމަނިކެވެ.

މި ޖަލްސާގައި 2018 ވަނަ އަހަރު ކުންފުނި ހިނގާ ދިޔަ ގޮތުގެ ރިޕޯޓު ހުށަހެޅުމާއި، 2018 ވަނަ އަހަރުގެ ކުންފުނީގެ އޮޑިޓް ރިޕޯޓް ވަނީ ފާސްކުރެވިފައެވެ. މީގެ އިތުރުން ކުންފުނީގެ ޗެއަރމަން އަދި މެނޭޖިންގ ޑިރެކްޓަރގެ ވާހަކަފުޅުގައި ކުންފުނީގެ ދުރު ރާސްތާގެ ބިޒްނަސް ޕްލޭންއެއް ތައްޔާރުކުރެވިފައިވާކަމާއި، އެ ބިޒްނަސް ޕްލޭން ތަންފީޒްކުރުމުގެ ޢަމަލީ މަސައްކަތް މިހާރު ފެށިފައިވާ ވާހަކަ ހާމަކުރައްވާފައިވެއެވެ.