ޙައްޖު ކޯޕަރޭޝަންގެ ޚިދުމަތްތައް މާކެޓްކޮށް ފުޅާކުރުމަށްޓަކައި އޭޖެންޓުންނާއެކު އެއްބަސްވުމުގައި ސޮއިކުރެވިއްޖެ.

 

ޙައްޖު ކޯޕަރޭޝަނުން 10 ޖުލައި 2019 ވަނަ ދުވަހުގެ ހެނދުނު ބޭއްވި ސޮއެކުރުމުގެ ޙަފްލާގައި ވަނީ އެ ކޯޕަރޭޝަންގެ ޚިދުމަތްތައް މާކެޓްކޮށް ފުޅާކުރުމަށްޓަކައި ހޮވިފައިވާ އޭޖެންޓުންނާއެކު އެއްބަސްވުމުގައި ސޮއިކޮއްފައެވެ. އެއްބަސްވުން ސޮއިކުރެވިފައިވަނީ މީޑިއާގެ ހާޒިރުގައެވެ. ސޮއެކުރުމުގެ ޙަފްލާ ނިންމާލުމަށްފަހު ޙައްޖު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އިސްމާއިލް ޙާމީދު ވަނީ މީޑިއާ ބޭފުޅުންނާއި ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން އޭޖެންޓުން އައްޔަންކުރުމުގެ މަޤްޞަދަކީ ރައްޔިތުންނަށް ޙައްޖު ކޯޕަރޭޝަންގެ ޚިދުމަތްތަކާއި މަޢުލޫމާތު ލުއިފަސޭހަކަމާއެކު ފޯރުކޮށްދިނުންކަން ފާހަގަކުރެއްވިއެވެ. އޭޖެންޓުން އައްޔަންކުރެވިފައިވަނީ ހުޅުވާލެވިގެން އިޢުލާން ކުރުމަށްފަހުކަމާއި، އެޕްލިކޭޝަން ލާފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވެގެން އިންޓަރވިއުކުރުމަށްފަހު ހޮވިފައިވާ ފަރާތްތައްކަން ހާމަކުރެއްވިއެވެ. ހަމައެހެންމެ ދިވެހިރާއްޖޭގެ މާލެ، ހުޅުމާލެ، ވިލިމާލެ ފިޔަވައި ދެން އެހެން ހުރިހައި އިންތިހާބީ ދާއިރާތަކަކުން އޭޖެންޓުން އައްޔަންކުރުމަށް ނިންމަވާފައިވާ ކަންވެސް ހާމަކުރެއްވިއެވެ.

ހަމައެހެންމެ އޭޖެންޓުންނަށް އެއްވެސް ސިފައެއްގައި ޙައްޖު ކޯޕަރޭޝަންގެ ނަމުގައި އެއްވެސް ފައިސާގެ މުޢާމަލާތެއް ނުކުރެއްވޭނެކަންވެސް ހާމަކުރެއްވިއެވެ. އަދި އޭޖެންޓުން އައްޔަންކުރުމުގެ ސަބަބުން އެކި އަތަޅޮތަކުގައި އުޅުއްވާ ބޭފުޅުންނަށް ޙައްޖު ކޯޕަރޭޝަނުން ފޯރުކޮށްދޭ ޚިދުމަތްތަކުގެ މަޢުލޫމާތު ފަސޭހައިން ލިބޭނެކަމަށް އުންމީދުކުރާކަމަށާއި، އަދި ކޯޕަރޭޝަންގެ ޚިދިމަތްތައް ބޭނުންކުރުމުގައި މިހާރަށްވުރެ ބޮޑަށް ޢާންމުންނަށް ފަސޭހަވެގެންދާނެކަމަށް ޤަބޫލުކުރައްވާކަން ހާމަކުރެއްވިއެވެ.

މިއަދު އެއްބަސްވުން ސޮއެކުރެވުނު އޭޖެންޓުންނާއި މި އޭޖެންޓުން އައްޔަންކުރެވިފައިވާ ދާއިރާތައް ތިރީގައި ބަޔާންކުރެވިފައި އެވަނީއެވެ.

އޭޖެންޓް ކޯޑް އޭޖެންޓް ނަން އައްޔަންކުރެވިފައިވާ ދާއިރާ
A002 އަޙްމަދު ނިޔާޒް ބ. ތުޅާދޫ ދާއިރާ
A004 ޖަމީލާ އަޙްމަދު ފ. ނިލަންދޫ ދާއިރާ
A005 އިބްރާހިމް ޙަމީދު ލ.އިސްދޫ ދާއިރާ
A006 މުޙައްމަދު ސަޢީދު ބ.އޭދަފުށީ ދާއިރާ
A007 އަބްދުލް މަންނާން އަބްދުﷲ ރ.އިނގުރައިދޫ ދާއިރާ
A008 މުޙައްމަދު މަނިކު ތ.ވޭމަންޑޫ ދާއިރާ