ޙައްޖާއި ޢުމްރާ ދަތުރުތަކުގައި ޑޮކްޓަރުންނާއި ނަރުހުންގެ އެހީތެރިކަން ފޯރުކޮށްދިނުމާއި ބެހޭގޮތުން އައި.ޖީ.އެމް.އެޗާ އާއި ޙައްޖު ކޯޕަރޭޝަނާއި ދެމެދު އެމް.އޯ.ޔޫ އެއްގައި ސޮއެކުރެވިއްޖެ

ޙައްޖާއި ޢުމްރާ ދަތުރުތަކުގައި ޑޮކްޓަރުންނާއި ނަރުހުންގެ އެހީތެރިކަން ފޯރުކޮށްދިނުމާއި ބެހޭގޮތުން އައި.ޖީ.އެމް.އެޗް އާއި ޙައްޖު ކޯޕަރޭޝަނާއި ދެމެދު އެމް.އޯ.ޔޫ އެއްގައި ވަނީ 10 ޖޫން 2019 ގައި ސޮއެކުރެވިފައެވެ. މި އެމް.އޯ.ޔޫ ގައި އައި.ޖީ.އެމް.އެޗްގެ ފަރާތުން ސޮއެކުރެއްވީ އެ ހޮސްޕިޓަލްގެ ޗީފް އެކްޒްކެޓިވް އޮފިސަރ އިބްރާހިމް ސަލީމެވެ. އަދި މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ ފަރާތުން ސޮއެކުރެއްވީ އެ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އިސްމާޢިލް ހަމީދެވެ. މި އެއްބަސްވުމުގެ ސަބަބުން ޙައްޖާއި ޢުމްރާގައި ދާ ފަރާތްތަކަށް ސިއްޙީ ހިދުމަތް ފޯރުކޮށްދިނުމަށް ފަސޭހަވެގެންދާނެއެވެ.