މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ރަސްމީކޮށް އިފްތިތާހުކޮށްދެއްވައިފި

މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ރަސްމީކޮށް އިފްތިތާހުކޮށްދެއްވައިފިއެވެ.

މޯލްޑިވްސް ހައްޖު ކޯޕަރޭޝަން އިފްތިތާހް ކޮށްދެއްވީ މިރޭ ހޮޓެލް ޖެން ގައި ބޭއްވި ރަސްމިއްޔާތެއްގައި ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އެވެ.

މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ރަސްމީކޮށް އިފްތިތާހް ކުރުމަށް ބޭއްވި މިހަފްލާގައި ހައްޖު ކޯޕަރޭޝަންގެ ބައެއް އާ ސްކީމްތައް ތައާރަފްކޮށްފައިވެއެވެ. އާ ސްކީމްތައް ތައާރަފްކޮށްދެއްވީ ހަފްލާގެ ޝަރަފުވެރި މެހެމާން ރައީސް އަބްދުﷲ ޔާމީންއެވެ. އެސްކީމްތަކަކީ ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ތައާރަފްކުރި “މުވައްޒަފުންގެ ސްކީމް” އާއި ދުރުމުސްތަގުބަލުގައި ހައްޖަށް ދާން ޕްލޭންކުރާ ފަރާތްތަކަށް ހާއްސަ “ފަސޭހަ ސްކީމް” އެވެ.

މީގެ އިތުރުން މިހަފްލާގައި ހައްޖު ކޯޕަރޭޝަނަށް އެކި ގޮތް ގޮތުން އެހީތެރިކަން ފޯރުކޮށްދިން ފަރާތްތަކަށް ހަނދާނީ ލިޔުން ދީފައިވެއެވެ.