2018 ވަނަ އަހަރުގެ މާރިޗް ޢުމްރާއަށް ރަޖިސްޓްރީ ކުރުމުގެ މުއްދަތު އިތުރުކޮށްފި

މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑްގެ ފަރާތުން މިއަހަރުގެ މާރިޗް މަހު ކުރުމަށް ހަމަޖެހިފައިވާ ޢުމްރާ ދަތުރަށް ރަޖިސްޓްރީ ވުމާއި، ފައިސާ ބަލައިގަތުމުގެ މުއްދަތު އިތުރުކޮށްފިއެވެ. އެގޮތުން، މި ޢުމްރާއަށް ރަޖިސްޓްރީ ކުރުމާއި ފައިސާ ބަލައިގަތުން މި ހިނގާ ފެބްރުއަރީ މަހުގެ 22 ވަނަ ދުވަހުގެ މެންދަރު 12:30 ގެ ނިޔަލަށް ކުރިއަށް ދާނެއެވެ.

ދެ ޢުމްރާ ކުރުމުގެ ފުރުޞަތާއެކު، ސަޢުދީ ޢަރަބިއްޔާގެ މައްކާ އަދި މަދީނާއަށް ކުރެވޭ 10 ދުވަހުގެ މި ޢުމްރާ ދަތުރުގެ އަގަކީ 22،965 ރުފިޔާއެވެ. ސްކޫލް ކުދިންނާއި އާޢިލާތަކަށް ޚާއްޞަ ކޮށްގެން ކުރިއަށްގެންދާ ޢުމްރާގައި ބައިވެރިވެ ވަޑައިގަންނަވާ ކުޑަކުދިންނާއި 4 ބޭފުޅުންނަށްވުރެ ގިނަ ފަރާތްތައް ހިމެނޭ ގުރޫޕުތަކަށް ޚާއްޞަ ޑިސްކައުންޓު ލިބިގެންދާނެއެވެ.

HajjCorp

HajjCorp