މާރިޗު 2018 ގެ ޢުމްރާ ދަތުރުގައި ހިލޭ ސާބަހަށް މަސައްކަތްކޮށްދޭނެ ފަރާތްތައް ހޯދުމަށް އިއުލާންކޮށްފި

މާރިޗު 2018 ގެ ޢުމްރާ ދަތުރުގައި ހިލޭ ސާބަހަށް މަސައްކަތްކޮށްދޭނެ ފަރާތްތައް ހޯދުމަށް އިއުލާންކޮށްފިއެވެ.

މި އަހަރުގެ މާރިޗު 2018 ގެ ޢުމްރާ ދަތުރުގައި ހިލޭ ސާބަހަށް މަސައްކަތްކުރާނެ ފަރާތްތަކެއް ހޯދުމަށް އިއުލާންކޮށްފައިވަނީ 2 ދާއިރާއަކުން ޢުމްރާ ދަތުރުގައި ހިލޭ ސާބަހަށް މަސައްކަތްކުރާ ފަރާތްތައް ހޯދުމަށެވެ. އެދާއިރާތަކާއި ބޭނުންވާ އަދަދު ތިރީގައި އެވަނީއެވެ.

2 ކައްކާ

2 ސަޕޯޓް ސާރވިސް އޮފިސަރ

ހިލޭސާބަހަށް މަސައްކަތްކޮށްދިނުމަށް އެދި ހުށަހަޅާ ފޯމު ޙައްޖު ކޯޕަރޭޝަނުގެ ވެބްސައިޓު www.mhcl.mv އިން ލިބޭނެކަމަށެވެ. މި ފޯމާއި އެކު ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ އަދި މީގެކުރިން ޙައްޖަށް ނުވަތަ ޢުމްރާއަށް ދިޔަ ކަން އަންގައިދޭ ލިޔުމެއް ހުށަހަޅަން ޖެހޭނެއެވެ.

މި ފޯމާއި އެކު ލިޔުންތައް، އީމެއިލް މެދުވެރިކޮށް ހުށަހަޅަން ބޭނުންފުޅުވާނަމަ ހުށަހަޅަން ޖެހޭނީ admin@mhcl.mv އަށެވެ. އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3011000 ނަމްބަރު ފޯނަށެވެ.

ޢުމްރާ ދަތުރުގައި ހިލޭ ސާބަހަށް މަސައްކަތްކުރުމަށް އެދޭ ފޯމު 15 ފެބްރުއަރީ 2018 ވާ ބުރާސްފަތި ދުވަހުގެ 12:30 ގެ ކުރިން ހުށަހަޅަން ޖެހެއެވެ.

އިއުލާން: މާރިޗު ޢުމްރާގައި ހިލޭ ސާބަހަށް މަސައްކަތް ކޮށްދެއްވާ ފަރާތެއް ހޯދުމާއި ބެހޭ