މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑާއި ޑިޕާރޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަނާ ދެމެދު އެމް.އޯ.ޔޫ އެއްގައި ސޮއިކުރެވިއްޖެ

 

މަޢުލޫމާތު ޙިއްޞާ ކުރުމާއި، އާންމުންނާ ގުޅުންހުރި މަޢުލޫމާތު ސިއްރު ގޮތުގައި ހިފެހެއްޓުމާ ގުޅޭގޮތުން، އެމް.އެޗް.ސީ.އެލް އާއި ޑީ.އެން.އާރ އާ ދެމެދު އެމް.އޯ.ޔޫ އެއްގައި ސޮއިކޮށްފިއެވެ. 08 ފެބްރުއަރީ 2018 ގައި ޑީ.އެން.އާރ ގައި ބޭއްވި ރަސްމިއްޔާތެއްގައި އެމް.އެޗް.ސީ.އެލްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އިދުރީސް އިސްމާޢީލެވެ. އަދި ޑީ.އެން.އާރގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ފަރީދާ ޔޫސުފްއެވެ.

މި އެއްބަސްވުމުގެ ދަށުން ޙައްޖު ކޯޕަރޭޝަންގެ ޙަވާލުގައި ޙައްޖާއި ޢުމްރާއަށް ވަޑައިގަންނަވާ ފަރާތްތަކުގެ މަޢުލޫމާތުގެ ޞައްޙަކަން ފަސޭހަކަމާ ހަލުވިކަމާއެކު ކަށަވަރު ކުރެވިގެންދާނެއެވެ. އަދި ޙައްޖު ކޯޕަރޭޝަންގެ ފަރާތުން ރައްޔިތުންގެ ފޯރުކޮށްދޭ ޚިދުމަތަށް އަވަސްވެ ޔަޤީންކަން ބޮޑުވެގެން ދާނެއެވެ.

HajjCorp

HajjCorp