ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ޢުމްރާއަށްދާ މީހުން މިއަދު ފުރަން ފަށައިފި

މޯލްޑިވްސް ޙައްޖު ކޯރޕަރޭޝަންގެ ހަވާލުގައި 1436 ވަނަ އަހަރުގެ ރަމަޟާންމަހު ޢުމްރާގެ އަޅުކަން ކުރުމަށްދާ މީހުން މިއަދު ފުރަން ފަށައިފއެވެ.

މިކަމާއި ގުޅޭގޮތުން މައުލޫމާތު ދެއްވަމުން އެކޯޕަރޭޝަންއިން ވިދާޅުވީ އެފަރާތުގެ ހަވާލުގައި ޢުމްރާއަށް ދާ ފުރަތަމަ ގުރޫޕް މިއަދު ސްރީލަންކަން އެއަރލައިންގެ ފްލައިޓުން ފުރާފައިވާ ކަމަށާއި ދެވަނަ ގުރޫޕް ފުރުމަށް ހަމަޖެހިފައިވަނީ ޖުލައި 03 ވާ ހުކުރު ދުވަހު ކަމަށެވެ.

މއަދު ފުރާފައިވަނީ 207 މީހުން ނެވެ. މމީހުން މާލެ އައުމަށް ހަމަޖެހިފައިވަނީ ޖުލައި މަހުގެ 18 ވަނަ ދުވަހުއެވެ.

ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި މިއަހަރު 315 މީހުން ޢުމްރާއަށް ދާނެއެވެ. އުމްރާ އަށް ގެންދަން އެ ކުންފުނިން މި އަހަރު ކަނޑައަޅާފައި ވަނީ ބޮލަކަށް 39،965ރ. އެވެ.

ހައްޖު ކޯޕަރޭޝަންގެ އިތުރުން، މި އަހަރު އުމްރާ އަށް މީހުން ގެންދިއުމުގެ ހުއްދަ 10 ކުންފުންޏަކަށް އިސްލާމިކް އެފެއަރޒް މިނިސްޓްރީން ވަނީ ދީފަ އެވެ