ހައްޖާއި ޢުމްރާއަށްދާ މީހުންނަށް ޙާއްސަ ކިޓެއް ތަޢާރަފްކޮށްފި

ހައްޖާއި ޢުމްރާގެ އަޅުކަން އަދާކުރުމަށްދާ ފަރާތްތަކަށް ޙާއްސަކޮށްގެން ހާއްސަ ކިޓެއް މޯލްޑިވްސް ހައްޖު ކޯރޕަރޭޝަންއިން ތަޢާރަފް ކޮށްފިއެވެ.

މިކިޓު ތަޢާރަފްކުރުމަށް ރޭ ސަލްސާ ރޯޔަލް ރެސްޓޯރެންޓްގައި ބޭއްވި ހަފްލާގައި މިކިޓް ތަޢާރަފްކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތުމަތު އިބްރާހިމްއެވެ.

ހައްޖާއި އުމްރާއަށް ހާއްސަ މިކިޓުގައި ފޮއްޓަކާއި އިހްރާމް ހެދުމާއި ފައިވާނާއި މޯބައިލް ފޯނާއި ފައިސާ ފަދަ ތަކެތި ފަސޭހަ އިން ގެންގުޅޭ ގޮތަށް ތައްޔާރުކޮށްފައިވާ އަތްމަތީ ދަބަހަކާއި ލުއިކާނާ އަޅާ ފޮށްޓަކާއި އަތްމަތީ ފޮތާއި ދުޢާ ކާޑާއި ޒީނަތްތެރިވާ ދަބަހަކާއި ޕެން ޑްރައިވެއްގެ އިތުރުން އެހެން ވެސް މުހިއްމު ތަކެތި ހިމެނެ އެވެ.

މިކިޓާއި ގުޅޭގޮތުން ހައްޖު ކޯޕަރޭޝަންގެ އޮފިޝަލަކު ވިދާޅުވީ އެ ކިޓްގެ ސަބަބުން ހައްޖުވެރިންނާއި އުމްރާ ވެރިންނަށް ފަސޭހަތަކެއް ލިިބިގެންދާނެ ކަަމަށާއި ކޮނޑުގައި އަޅުވާ ބަރު ދަބަސްތަކާއި ބަރު ފޮށި އުފުއްލުމުގެ ބަދަލުގައި، އުމުރުން ދުވަސްވީ މީހުންނަށް ވަރަށް ބޮޑު ލުޔެއް މިކިޓްގެ ސަބަބުން ލިބިގެންދާނެ ކަމަށެވެ.

ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ހައްޖާއި އުމްރާއަށް ދާ ފަރާތްތަކަށް މިކިޓް ހިލޭ ލިބޭނެއެވެ. އަދި އެހެން ކުންފުނިތަކުގެ ހަވާލުގައި ދާ ފަރާތްތަކަށް މިކިޓް ގަންނަން ލިބޭނެކަމަށް ހައްޖު ކޯޕަރޭޝަންއިން މައުލޫމާތު ދެއެވެ.