ހައްޖު ކޯރޕަރޭޝަންއިން އަޤީޤާ ކަތިލައިދެނީ

މޯލްޑިވްސް ޙައްޖު ކޯރޕަރޭޝަންއިން މިރަމަޟާންމަހުގައި މައްކާގެ ބިމުގައި އަޤީޤާ ކަތިލުމަށް ބޭނުންވާ ފަރާތްތަކަށް އެކަމުގެ އިންތިޒާމްތައް ހަމަޖައްސައިދިނުމަށް ނިންމައިފިއެވެ.

މިކަމާ ގުޅޭގޮތުން އެކޯރޕަރޭޝަންއިން ހާމަކޮށްފައިވާ ގޮތުގައި މައިން ބަފައިންނާއި ބެލެނިވެރިންގެ ތެރެއިން، މާތްވެގެންވާ މައްކާގެ ބިމުގައި ޢަޤީޤާ ކަތިލަން ބޭނުންވާ ފަރާތްތަކަށް މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން މެދުވެރިކޮށް ޢަޤީޤާ ކަތިލުމުގެ އިންތިޒާމު ހަމަޖެއްސިދާނެ ކަމަށާއި އެގޮތުން އަޤީޤާ ކަތިލުމަށް އެދޭ ފަރާތުން ޢަޤީޤާކަތިލުމަށްއެދޭ ފޯމާއި، ފޯމުގައި ބަޔާންކުރެވިފައިވާ ތަކެތި02 ޖުލައި2015 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނަށް ހުށަހެޅުމުން އަޤީޤާ ކަތިލުމުގެ އިންތިޒާމް ހަމަޖެހިގެންދާނެ ކަމަށެވެ.

މޯލްޑިވްސް ޙައްޖު ކޯރޕަރޭޝަންއިން 1436 ހ ވަނަ އަހަރު ރަމަޟާންމަހު، އަންހެން ކުއްޖަކަށް ޢަޤީޤާ ކަތިލުމަށް ދައްކަވަން ޖެހޭނީ 2?313.00 ރުފިޔާއެވެ. ފިރިހެން ކުއްޖަކަށް ޢަޤީޤާ ކަތިލުމަށް ދައްކަވަން ޖެހޭނީ 4?626.00 ރުފިޔާއެވެ.