1438ހ. ވަނަ އަހަރުގެ ޙައްޖު ދަތުރުގައި ހިލޭ ސާބަހަށް މަސައްކަތްކޮށްދޭނެ ފަރާތްތައް ހޯދުމަށް އިއުލާންކޮށްފި

1438ހ. ވަނަ އަހަރުގެ ޙައްޖު ދަތުރުގައި ހިލޭ ސާބަހަށް މަސައްކަތްކޮށްދޭނެ ފަރާތްތައް ހޯދުމަށް އިއުލާންކޮށްފިއެވެ.

މި އަހަރުގެ ޙައްޖު ދަތުރުގައި ހިލޭ ސާބަހަށް މަސައްކަތްކުރާނެ ފަރާތްތަކެއް ހޯދުމަށް އިއުލާންކޮށްފައިވަނީ 4 ދާއިރާއަކުން ޙައްޖު ދަތުރުގައި ހިލޭ ސާބަހަށް މަސައްކަތްކުރާ ފަރާތްތައް ހޯދުމަށެވެ. އެދާއިރާތަކާއި ބޭނުންވާ އަދަދު ތިރީގައި އެވަނީއެވެ.

 

5 ކައްކާ

5 ސަޕޯޓް ސާރވިސް އޮފިސަރ

4 ކަސްޓަމަރ ސަރވިސް އޮފިސަރ

1 އިމާމް

 

ހިލޭސާބަހަށް މަސައްކަތްކޮށްދިނުމަށް އެދި ހުށަހަޅާ ފޯމު ޙައްޖު ކޯޕަރޭޝަނުގެ ވެބްސައިޓު www.mhcl.mv އިން ލިބޭނެކަމަށެވެ. މި ފޯމާއި އެކު ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ އަދި މީގެކުރިން ޙައްޖަށް ނުވަތަ ޢުމްރާއަށް ދިޔަ ކަން އަންގައިދޭ ލިޔުމެއް ހުށަހަޅަން ޖެހޭނެއެވެ.

މި ފޯމާއި އެކު ލިޔުންތައް، އީމެއިލް މެދުވެރިކޮށް ހުށަހަޅަން ބޭނުންފުޅުވާނަމަ ހުށަހަޅަން ޖެހޭނީ admin@mhcl.mv އަށެވެ. އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3011000 ނަމްބަރު ފޯނަށެވެ.

ޙައްޖު ދަތުރުގައި ހިލޭ ސާބަހަށް މަސައްކަތްކުރުމަށް އެދޭ ފޯމު 7 ޖޫން 2017ގެ 14:00ގެ ކުރިން ހުށަހަޅަން ޖެހެއެވެ.

އިއުލާން: 1438ހ. ވަނަ އަހަރުގެ ޙައްޖު ދަތުރުގައި ހިލޭ ސާބަހަށް މަސައްކަތްކޮށްދޭނެ ފަރާތްތައް ހޯދުމަށް
ފޯމް: ޙައްޖު ޢުމްރާ ދަތުރުތަކުގައި ހިލޭސާބަހަށް މަސައްކަތްކޮށްދިނުމަށް އެދި ހުށަހަޅާ ފޯމް