“ފަހެލި” އޮންލައިން ޕޯޓަލްއެއް އިފްތިތާހުކޮށްފި

“ފަހެލި” ނަމުގައި އޮންލައިން ޕޯޓަލްއެއް އިފްތިތާހުކޮށްފި އެވެ.

އިސްލާމީ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތެއްގައި މި ޕޯޓަލް އިފްތިތާހުކޮށް ދެއްވީ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދެވެ. “ފަހެލި” ނަމުގައި މޯލްޑިވްސް ހައްޖު ކޯޕަރޭޝަން އިން ތަޢާރަފްކުރި މިޕޯޓަލް އަކީ ހައްޖާއި އުމްރާ އަށް ދާން ބޭނުންވާ ފަރާތްތަކަށް އޮންލައިންކޮށް ފައިސާ ދެއްކޭނެ ޕޯޓަލްއެކެވެ. މިޕޯޓަލްގެ ސަބަބުން ހައްޖު ކޯޕަރޭޝަންގެ ހިދުމަތްތައް ފަސޭހަކަމާއެކު ފޯރުކޮށްދިނުމަށް ފަހިކޮށްދެވޭނެއެވެ.

އްޖު ކޯޕަރޭޝަންގެ ޕޯޓަލްއިން ލިބޭ ހިދުމަތްތަކުގެ ތެރޭގައި ކޯޕަރޭޝަންގައި ރަޖިސްޓްރީކޮށް ފައިސާ ދެއްކުމާއި މެމްބަރުންގެ އެކައުންޓުގެ ތަފްސީލް ބެލުމާއި ކޯޓާ ލިބިގެން ޖާގައިގެ ތަރުތީބަށް އަންނަ ބަދަލުތައް އެނގޭން ހުރުމުގެ އިތުރުން އަޤީޤާ އާއި ސޮދަގާތުގެ ކަތިލުންތަކަށް ފައިސާ ދެއްކުން ހިމެނެއެވެ.

ލިންކް: ފަހެލި އޮންލައިން ޕޯޓަލް