ޙައްޖު ކޯޕަރޭޝަން އިން 1441 ވަނަ އަހަރު ޙައްޖަށް ދިއުމަށް ޖާގަ ލިބިފައިވާ ފަރާތްތަކުގެ ލިސްޓް އާންމުކޮށްފި

ޙައްޖު ކޯޕަރޭޝަން އިން 1441 ވަނަ އަހަރު ޙައްޖަށް ދިއުމަށް ޖާގަ ލިބިފައިވާ ފަރާތްތަކުގެ ލިސްޓް އާންމުކޮށްފިއެވެ.

މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުގައި ރަޖިސްޓްރީވެ ޙައްޖަށް ދިޔުމަށް ފައިސާ ދައްކާފައިވާ ފަރާތްތަކުގެ ތެރެއިން 1441 ވަނަ އަހަރު ޙައްޖަށް ދިޔުމަށް ފުރުޞަތު ލިބޭ ފަރާތްތައް އަންގައިދޭ ލިސްޓް މިހާރު ވާނީ މި ކޯޕަރޭޝަންގެ ވެބްސައިޓްގައި އާއްމު ކުރެވިފައެވެ. މިލިސްޓް ތަރުތީބު ކުރެވިފައިވަނީ ޙައްޖު ކޯޕަރޭޝަނުން ޚިދުމަތް ހޯދުމުގެ އުޞޫލަށް ރިޢާޔަތްކޮށް ޙައްޖަށް ދިޔުމަށް ފައިސާ ދައްކާފައިވާ ތަރުތީބުންނެވެ. އެގޮތުން ޙައްޖު ދަތުރުގެ ޖުމްލަ އަގު އެއްކޮށް ދައްކާ ޚަލާސްކޮށްފައިވާ ފަރާތްތަކާއި ޖުމްލަ އަގުގެ %75 ދައްކާފައިވާ ފަރާތްތައް ފައިސާ ދެއްކި ތަރުތީބުން ވާނީ ލިސްޓްގައި ހިމަނާފައެވެ.

މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން މެދުވެރިކޮށް 1436 ވަނަ އަހަރު 1300 ފަރާތެއް ޙައްޖަށް ގެންގޮސްފައިވެއެވެ. އަދި 1437 ވަނަ އަހަރު 100 ފަރާތެއް ޙައްޖަށް ގެންގޮސްފައިވެއެވެ.

1441އަހަރު ޙައްޖަށް ދިއުމަށް ޖާގަ ލިބިފައިވާ ފަރާތްތަކުގެ ލިސްޓް ބައްލަވާ!

– 1441 ވަނަ އަހަރު ޙައްޖަށް ދިއުމަށް ޖާގަ ލިބިފައިވާ ފަރާތްތަކުގެ ލިސްޓް